ދައުވާ އުފުލަންވީ ކުރީގެ ހައުސިން މިނިސްޓަރު އަސްލަމްގެ މައްޗަށްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރުހުން ނުދޭން ގޮވާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމަށް ދައުވާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރެއްވުމަށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލު ނަސީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް ވިދާޅުވުމާ ގުޅިގެން، ހައިދަރަށް ރުހުން ނުދޭން މެންބަރު މީކާއީލް ވާހަކަދައްކަވާފައިވަނިކޮށް އެކަމަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ، އާ ހައުސިން މިނިސްޓަރަށް އިންތިހާއަށް އިތުބާރު އެބައޮތް ކަމަށާއި ކެބިނެޓަށް ރުހުން ނުދީ ތިބުމުގެ ޖާގައެއް މަޖިލީހަށް ނެތް ކަމަށެވެ.
އަދި ގޯއްޗާއި ފްލެޓު ދިނުމުގައި މައްސަލަ އޮތީ ކުރީގެ ހައުސިންގ މިނިސްޓަރު އަސްލަމުގެ ސަބަބުން ކަމަށާއި، ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ދެ ވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކުރެއްވުމަށް "މާލެ ފޮތިފޮތި" ކޮށްލައިގެން ފްލެޓާއި ގޯތި ދިނީ ބޭނުންފުޅުވާ ބަޔަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އެ "ޖަރީމާ" ގެ ސަބަބުން ޝަކުވާ ނުކުރާ މާލޭގެ އެކަކުު ވެސް ނެތް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުގެ ހައުސިންގ މިނިސްޓަރު ހައިދަރަކީ ދިވެހިރާއްޖޭގައި ޕްލޭނިން މިނިސްޓްރީ އުފެދުނީއްސުރެ އެ މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަންނީ ބޭފުޅެއްކަމަށެވެ.
"ހައިދަރަކީ ޕްލޭނިން މިނިސްޓްރީއެއް އުފެދުނީއްސުރެ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅެއް! ހައިދަރު އެވިދާޅުވަނީ ރަނގަޅަށް. މިކަން ހިނގާފައި އޮތް ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ!" ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހައިދަރަކަށް ނޫން ރުހުން ނުދޭންވީ. އަޅުގަނޑުމެން ކުރީގެ ހައުސިން މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލާންވީ،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ވޯޓުން ވެރިކަން ބަދަލުކޮށްފައި ވާއިރު، ވެރިކަމުގައި އެކުލެވޭ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ އަޚްލާޤީ ގޮތުން ވާޖިބު ކަމެއްކަމަށާއި ކެބިނެޓަށް ރުހުން ނުދީ ތިބުމުގެ ޖާގައެއް ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، މިދިޔަ ސަރުކާރުގެ ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކާ ގުޅޭ ގޮތުން ކޮށްފައިވާ ޝަކުވާތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ކަންކަން ބަލައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ރިވިއުކުރަން ނިންމާފައިވާ ކަމަށެވެ.
ހަމަ އެހެންމެ މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދެމެދު ދޫކޮށްފައިވާ ފްލެޓްތައް ދީފައިވަނީ ހައްގުވެރިންނަށްތޯ ކަށަވަރު ކުރާނެ ކަމަށްވެސް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ.
ބަލަގަނަޝީދުމިހާރުމޮޔަގޮވަނީތަބަލަގަނަޝީދުސަލާމަތްކޮށްދީހުރިހައިހެޔޮކަމެއްކޮށްދިންމީހަކީއަސްލަމުނަޝީދުއަސްލަމަށްދައުވާކުރަންގޮވީމައިބަލަގައެތެޅެނީކަނާތުންވާތުގައިކަންމިއަދުނޭންގުނީތަކޮޅުނެއްކޮޅަށްހިތާމަ
އިންޑިއާ އައުޓް އިންޑިއާ ސިފައިން ބާލާ ކެނެރީގެ ނަޝީދަކީ އެއީ އިންޑިއާ އެމްބަސީން މަހަކު 1 ލައްކަ ޑޮލަރުގެ ކަޓެއް ދީގެން ރާއްޖެ ދެވަނަ ފަލަސްތީނަށް ބަދަލު ކުރަން ބަހައްޓާފައިވާ މުނާފިޤެކޭ އޭނާ ދައްކާ ވާހަކަ ހެޔޮނުވާނެއޭ ގަބޫލުކުރަން އޭނާ ދައްކަނީ ސީދާ އަބޫޖަހުލުގެ ވާހަކަ ތަކޭ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް