ޚަބަރު

ހައުސިން މިނިސްޓަރަށް ރުހުން ނުދޭން މީކާއީލް ގޮވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން މަސައްކަތް ކުރާ ކަމަށް ބުނެ، މި ސަރުކާރުގެ ހައުސިންގް މިނިސްޓަރަށް ރުހުން ނުދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މީކާއީލް ވިދާޅުވީ ހައުސިންގް މިނިސްޓަރަަށް ރުހުން ދިނުމަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

”މާލޭގެ ރައްޔިތުންގެ ބޯހިޔާ ވަހިކަން ފޭރިގަންނަން އެ ނިޔަތް ކަނޑައަޅައިގެން އެ ނިޔަތާއެކު ވަޑައިގެންނެވި ހައުސިންގް މިނިސްޓަރަށް ގަލޮޅު ދެކުނު ދައިރާގެ ވޯޓެއް ނުލިބޭނެ” މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭއިރު ހައުސިން މިނިސްޓަރަށް ރުހުން ދިނުމަށް ތްރީލައިން ވިޕެއް އެޅުމަށް ނަހައްދަވަން އެމްޑީޕީގެ ލީޑަރޝިޕާއި ޕާލިމެންޓަރީ ގުރޫޕަށްވެސް އެދިވަޑައިގަންނަވާ ކަމަަށެވެ.

އަދި މާލޭގެ ރައްޔިތަކަށް ދޭން ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެކަމަށް އިހްތިރާމް ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކިހިިލަފަތި

    5 އަހަރު ނިމިގެން ދިޔައިރު ދާއިރާއަށް ކޮށްދިންކަމެއް ނެތް……