Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ ޝަރީއަތް ނިންމާލައިފި

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ ޝަރީއަތް ނިންމާލައިފި

ވ. އާރަށް ކުށްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ  އިސްތިއުނާފް ޝަރީއަތް ހައިކޯޓުގައި މިއަދު ނިންމާލައިފި އެވެ.

އެގޮތުން ހައިކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ދެ ފަރާތަށް ވެސް ފަހު ބަސް އިއްވަން ފުރުސަތު ދީފައެވެ.

މި މައްސަލައިގައި ފަހުބަސް އިއްވުމަށް ޝަރީއަތުން ވަނީ 30 މިނެޓު ދީފައެވެ.

Advertisement
Ooredoo — Square (box)

ހަމަ އެހެންމެ ޝަރީއަތުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ މި މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ މައްސަލައިގައި ހުކުމް ކުރުމަށް ތާވަލު ކުރެވޭނެ ކަމަށެވެ.

ހުކުމް ކުރުމަށް ތާވަލު ކުރާނެ ކަން ހާމަ ކުރި ނަމަވެސް މި މައްސަލައިގައި ހުކުމް ކުރުމަށް އަޑުއެހުން ބާއްވާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް