އިސްލާމީ މަރުކަޒުގެ އިސް އިމާމުކަން ޝައިހު ލަތީފަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ކަމަށް ޝައިހް މުޙައްމަދު ލަޠީފް ޢައްޔަންކުރައްވައިފިއެވެ.
މި މަގާމަށް ޝައިހް ލަތީފު އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަގާމަށް ލަތީފު އައްޔަން ކުރެއްވީ މިނިސްޓަރުގެ ފެންވަރުގައެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް ޝެއިހް ލަތީފް ހުންނެވީ އެ މަޤާމުގައެވެ.