ޚަބަރު ސިޔާސީ

ޖުމްހޫރީ ޕާޓީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

މިކަން ހާމަކޮށް އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގެ 41 ވަނަ މާއްދާގެ (ހ) އަދި (ށ) އަދި 53 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށް، އެ ޕާޓީގެ ކައުންސިލްގެ ހުސްވެފައިވާ މަޤާމުތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަޤާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެ ޕާޓީގެ އެންމެހާ މެމްބަރުންނަށް މިއަދުން ފެށިގެން  އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ޖޭޕީގެ ހުސްވެފައިވާ މަޤާމުތަކަކީ:

  1. ޑެޕިއުޓީ ލީޑާރ 1 (އެކެއްް)
  2. އަންހެނުންގެ ލީގުގެ ރައީސް 1 (އެކެއްް)
  3. ޒުވާނުންގެ ލީގުގެ ރައީސް 1  (އެކެއްް)
  4. ޕާޓީގެ ގައުމީ ކޮންފަރެންސް އިންތިޚާބުކުރާ 25 މެމްބަރުންގެ ތެރެއިން ހުސްވެފައިވާ 8 މެމްބަރުންގެ މަޤާމަށް 8 (އަށެއް)
  5. ޕާޓީގެ ގައުމީ ކޮންފަރެންސް އިންތިހާބުކުރާ 25 މެމްބަރުންގެ ތެރެއިން، ހުސްވެފައިވާ މަގާމަށް 155 ވަނަ ކައުންސިލް ބައްދަލުވުމުގެ ތެރެއިން އިންތިޚާބު ކޮށްފައިވާ މެމްބަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް 1 (އެކެއް)
  6. ކޮމިޓީ އޮފް އެޑިއުކޭޝަންގެ ޗެއާ 1 (އެކެއް)
  7. ކޮމިޓީ އޮފް ހެލްތުގެ ޗެއާ    1 (އެކެއް)
  8. ކޮމިޓި އޮފް ޑިފެންސްގެ ޗެއާ    1 (އެކެއް)
  9. ކެމްޕެއިން އެންޑް އިލެކްޝަންސްގެ ޗެއާ  1 (އެކެއް)
  10. ކޮމިޓީ އޮފް ސޯޝަލް މީޑިއާގެ ޗެއާ    1 (އެކެއް)
  11. ކޮމިޓީ ފޯ ޑަޔަސްޕޯރާ - އިންޑިއާގެ ޗެއާ  1 (އެކެއް)

ޖުމްހޫރީ ޕާޓީން ބުނީ މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29ވާ ބުދަ ދުވަހުގެ މެންދުުރު 12:00 ގެ ކުރިން މަޤާމަށް އެދޭ ފޯމާއެކު ހުށަހެޅުން އެދޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!