ޚަބަރު

މަޖިލީހުގެ އިންތިހާބުގައި ޖޭޕީން 10 ދާއިރާއަކަށް ވާދަކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން 10 ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.

Ads by STELCO

ޖޭޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ މާމިނގިލީ ދާއިރާއަށް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް، ހުޅުމާލެ ދެކުނު ދާއިރާއަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ކެންދޫ ދާއިރާއަށް އެ ދާއިރާގެ މިހާރުގެ މެންބަރު އަލީ ހުސައިން، ހެންޥޭރު ހުޅަނގު ދާއިރާއަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް، އުންގޫފާރު ދާއިރާއަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

މީގެ އިތުރުން ދުވާފަރު ދާއިރާއަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު، ތިނަދޫ އުތުރު ދާއިރާއަށް ކުރީގެ މެންބަރު އަހުމަދު އަބްދުﷲ، ނޮޅިވަރަމް ދާއިރާއަށް ކުރީގެ މެންބަރު ހުސައިން ޝަހުދީ، ދާންދޫ ދާއިރާއަށް ނިޝާމާ މުހައްމަދު އަދި އޭދަފުށީ ދާއިރާއަށް މުހައްމަދު ނާސިރު ވެސް ވާދަކުރައްވާނެއެވެ.

19 ވަނަ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްޞީލު ކުރާ ތިއްބެވީ އެންމެ 2 މެންބަރުންނެއެވެ. އެއީ އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީން މީގެ ކުރިން ވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ޖޭޕީގެ 20،000 އަށްވުރެ ގިނަ މެންބަރުން ތިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!