މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތްﷲ ތައުފީގު ދެއްވާނެ: ޚުތުބާ
                                                    މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތްﷲ ތައުފީގު ދެއްވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "އަމާނާތްތެރިކަމާ މަސްއޫލިއްޔަތު" މިއެވެ.
ހުތުބާގައު ބުނެފައިވަނީ މަސްއޫލިއްޔަތަކާ ހަވާލުވާ މީހާ އޭނާގެ ރައްޔިތުންގެ ކަންތައްތައް ބަލަހައްޓައި، އެމީހުންގެ މުހުތާދުތައް ފުއްދައިދޭންވާނެ ކަމަށެވެ. އަދި މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިންނަށް މާތްﷲ ތައުފީގު ދެއްވާނެ ކަމަށާއި އެމީހުނގެ ދުއާ އިޖާބަކުރައްވާނެ ކަމަށެވެ.
ހުތުބާގައި ބުނީ ފަހު ޒަމާނުގައި މަސްއޫލިއްޔަތުތަކާ ހަވާލުވާ ބައެއް މީހުންގެ ކިބައިގާ، އެމީހުން ހަވާލުވާ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ނުހުންނާނެ ކަމަށް ކީރިތި ރަސޫލާ ޚަބަރު ދެއްވާފައިވާ ކަމަށެވެ.
އަދި މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ ވެރިން ގިޔާމަތް ދުވަހުން ވާނީ މާތް ﷲ ގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރޭގައި ކަމަށް ހުތުބާގައި ބުންޏެވެ.
 
 
 
            
                    
            
                    
            
                    
            
                    