ޔޫސުފުބެ ހޯދަން ކަނޑުމަގުންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި

ކުޑަ އިންޖީނު ދޯންޏެއްގައި އެކަނި މަހަށް ނިކުމެ އުޅެނިކޮށް އިއްޔެ ގެއްލުނު އދ. ދަނގެތި، މޫންލައިޓް، ޔޫސުފް އިބްރާހީމް (ޔޫސުފުބެ) ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަޙައްދެއް ބަލައިފިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައިފިއެވެ.
ޔޫސުފުބެ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ އަދިވެސް ހަރަކާތްތެރިވަމުންނެވެ.
އެގޮތުން، ޑައިވްކޮށްގެން 78،850 ސްކޮޔަރ މީޓަރުގެ ސަރަހައްދެއް ބަލާފައިވާކަމަށާއި އެ ޑައިވްތަކުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާއެކު އދ.ދަނގެތިން ވެސް ޑައިވަރުންތަކެއް ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އޮކްޓޫބަރު 14 ވަނަ ދުވަހުގެ ފަތިހު މަހަށް ދިޔަފަހުން ޚަބަރެއް ނުވެގެން ޔޫސުފުބެ ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު ޑައިވްކޮށްގެންނާއި، އޭރިއަލް ސަރޗް، އަދި ސަރފޭސް ސަރޗްތަކެއްވެސް ވަނީ ކުރިއަށްގެންފޮސްފައެވެ.
[caption id="attachment_200842" align="alignnone" width="1024"]
ފޮޓޯ: އެމްއެންޑީއެފް[/caption]
ފޮޓޯ: އެމްއެންޑީއެފް[/caption]
ވައިގެ މަގުން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓުގައި 156.87 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" ވަނީ 4.11 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައިފައެވެ.
ޔޫސުފުބެ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއަށް ލިލީ ބީޗް ރިޒޯޓް އެންޑް ސްޕާއާއި، ވިލަމެންދޫ އައިލެންޑް ރިޒޯޓް އެންޑް ސްޕާއާއި، ނޯވާ މޯލްޑިވްސްއާއި، އަމާޔާ ރިޒޯޓް ކުޑަ ރަށް މޯލްޑިވްސްއާއި، އދ.ދަނގެތީގެ އާންމުންގެ ފަރާތުން އެހީތެރިކަން ލިބެމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.






ކޮމެންޓް