މާލޭގެ އެކި ސަރަހައްދުތަކުގައި ޒިކުރު ބޯޑުތަކެއް ހަރު ކުރަން ފަށައިފި
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ޒިކުރު ބޯޑުތަކެއް ހަރު ކުރަން ފަށައިފިއެވެ.
މި ބޯޑުތައް ހަރުކުރުމުގެ މަޤްޞަދަކީ އާންމު ރައްޔިތުންނަށް ރިވެތި އުސޫލުތައް ކިޔައި ދިނުމާއި ރިވެތި އުސޫލުތަކުން ކަންކަން ކުރުމަށް މީހުންނަށް ބާރުއެޅުން ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އިސްލާމްދީނުގެ ރިވެތި އުސޫލުތަށް އަންގައިދޭ ބޯޑުތަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކުރުމުން ގިނަ ބައެއްގެ ތައުރީފް އަންނަނީ އެ ކައުންސިލަށް ލިބެމުންނެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަޟްހާ އީދަށް މާލޭގެ އެކި ހިސާބުތަކުގައި ސްމާޓް ސްޓްރީޓް ލައިޓްތަކުން ޒީނަތްތެރިކޮށް އެ ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭ ގޮތް ހަދާފައެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންނާއި ދިވެހިންނަށްވެސް ދިވެހި ރާއްޖޭގެ ޤާނޫންތަކާއި ޤަވާޢިދުތައް އެބަޖެހޭ ދަސްކޮށްދޭން، ބޭރު މީހުންނަށްވެސް އެނގޭ ދިވެހިރާއްޖޭގެ ޤާނޫންތަކާއި ޤަވާޢިދު ތަކަކީ ހަމައެކަި ފޮތެއްގައި އޮންނަ އެއަށް ޢަމަލުނުކުރާ އެއްޗެއްކަން…
އިނގިރޭސިން ވެސް މާނަ ބަހައްޓައްޗޭ. ބިދޭސީންނަށް ވެސް ކިޔާލެވޭނެ އޭރުން