ރައީސް ޔާމީންގެ ޕާޓީގެ ނަމާއި ލޯގޯ މިރޭ 9:40ގައި

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އުފައްދަވާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ މިރޭ އިއުލާން ކުރައްވާނެ ކަމަށް, އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީޙް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ލީޑަޝިޕާ މެދު ރައީސް ޔާމީން ހިތްޕުޅު ހަމަޖެހިވަޑައިނުގެން އެ ޕާޓީ ދޫކުރެއްވީ ރޭ ނޫން ކުރީ ރޭގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ އައު ޕާޓީ އިލެކްޝަންގައި ރެޖިސްޓަރު ކުރުމަށް މާދަމާ ހުށަހަޅާނެއެވެ.
ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފައްދަވަނީ އެމަނިކުފާނުގެ މަޝްވަރާ އާއި ލަފާ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބޭނުން ނުކުރާތީ ކަމަށް ބުނެއެވެ. އެހުރިހާ ވާހަކައެއް މީޑިއާއަށް ތިލަކޮށްދެއްވަމުން ގެންދަވަނީ ރައީސް ޔާމީންގެ ވަކީލު, މުޙައްމަދު ޖަމީލެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތް މިހާރު ނިމިފައިވާއިރު, ދެން އޮންނާނީ ހައި ކޯޓުން ހުކުމް އިއްވުމެވެ. ހުކުމެއް ތަންފީޒް ކުރާ މީހެއްގެ ނަމުގައި ޕާޓީ ރެޖިސްޓްރީ ނުކުރެވޭނެކަން ފާހަގަކޮށްލެވެއވެެ.