އަލަށް ޚިދުމަތާއި ގުޅުނު 111 ފުލުހަކު ހުވައި ކޮށްފި
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަލަށް ގުޅުނު 111 މީހަކު ފުލުހުންގެ ހުވައި ކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވައި ލައި ދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަލްއުސްތާޒު މުޙައްމަދު ފައިޞަލެވެ.
އަލަށް ހުވާކުރި 111 ފުލުހުންގެ ތެރޭގައި އަންހެން 45 ފުލުހުންނާއި ފިރިހެން 42 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 11 ފުލުހުންނާއި ފިރިހެން 13 ފުލުހުންނެވެ.
އެ ފުލުހުން ހުވާކުރުމަށް ފަހު ފުލުހުންގެ ހުވައިގެ ލިޔުމުގައި ސޮއި ވެސް ކުރިއެވެ.
ހުވައިގެ ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަން ރިސޯސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފާއ ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެވަވަޑައިގެންނެވިއެވެ.
Ads by Allied Insurance