ދާންދޫ ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމާއި ގުޅޭގޮތުން މިނިސްޓަރު އާދަމް ޝަރީފާއި މަޝްވަރާކޮށްފި
ގއ. ދާންދޫ ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމާއި ގުޅޭގޮތުން، އެ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
ދާންދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށްފަހު، މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ދާންދޫ ކައުންސިލް ބާރުވެރި ކުރުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ހަމަ އެހެންމެ ދާންދޫ ކައުންސިލްގެ މަސައްކަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ޚިޔާލުބަދަލުކޮށްފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ދާންދޫ ކައުންސިލްގެ ގިނަ މެންބަރުން މިއަދުގެ ބައްދަލުވުމުގައި ވަނީ ސަރުކާރު ހިންގާ ޕީއެންސީއާއި ގުޅިވަޑައިގެންފައި ކަމަށެވެ.
މިގޮތުން މިކަމުން ހާމަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަށް ކައުންސިލްތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ގއ. ދާންދޫ ކައުންސިލްގެ ރައީސްއާއި ނައިބު ރައީސްގެ އިތުރުން އެ ކައުންސިލްގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މުއިއްޒުގެ ދަތުރަށް ޚަރަދުވަނީ ކިހާ ވަރެއްތޭ ކިތައް ވަޒީރުންދޭތޭ މުއިއްޒު އާއި އެކު ސަރުކާރުގެ ބަޖެޓުން ހަޔެއް ހަތަރަކަށއ ތަޅާ ބުރުއްސަނީތޭ އެކަން ސާފުކޮށްދޭށޭ ތި ދަތުރަށް ޚަރަދުވާ ވަރު އޮޑިޓަރޖެނެރަލް އިއުލަަން ކުރަންޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ
وزير البلدية والقروية