ބަޖެޓް ބަހުސް ނިންމާލައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގެ ބަޙުސް މަރުޙަލާ ނިންމަވާލައިފިއެވެ.
ބަހުސްގެ ފުރަތަމަ ބުރުގައި ކޮންމެ މެމްބަރަކަށްވެސް 15 މިނެޓު ބަޖެޓަށް ބަހުސް ކުރެއްވުމަށް ވަނީ ދެއްވާފައެވެ. ބަޖެޓް ދިރާސާކުރައްވާ ކޮމެޓީން ބަޖެޓްގެ މަސައްކަތްތައް ނިންމާލައްވާ މަޖިލިސް ތަޅުމަށް ހުށަހެޅުއްވުމުން ކޮންމެ މެމްބަރަކަށްވެސް 7 މިނެޓުގެ ފުރުޞަތެއް ދޭނެެއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ބަޖެޓު ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވީ 51 މެންބަރުންކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ޤާނޫނުގައި ބުނާގޮތުން މިމަސް ނިމުގެ ކުރިން މަޖިލީހުން ބަޖެޓް ފާސްކުރަން ޖެހެއެވެ.