ޚަބަރު

ނަރުހުގެ މަރު: ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް، ދައުވާ އުފުލި، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނެރުނު އަމުރު ދައުލަތުން އިސްތިއުނާފުކޮށްފިއެވެ.

Ads by Sosun Fihaara
މި މައްސަލައިގައި ލަމްހާ އާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައިއެވެ. އޭނާ އަކީ ލަމްހާގެ ލޯބިވެރިޔާއެވެ.
2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިންއެވެ. މާވިން އަކީ ވެސް އައިޖީއެމްއެޗުގެ ނަރުހެކެވެ.

މި މައްސަލައިގައި، ލަމްހާގެ ޝަރީޢަތުގައި ދައުލަތުން ބުނީ އޭނާ މީހެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިން ކަމަށެވެ.

މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

ގިނަ ދުވަސް ބަންދުގައި ހުރުމުންނާއި، މުހިންމު ހެކިވެރިންގެ ހެކި ބަސްތައް ނަގާ ނިމިފައިވާތީ ބަލި ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ބަންދަށް ލުއި ދިނުމަށް ލަމްހާގެ ފަރާތުން އެދުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ މައްސަލަ ބައްލަވާ ފަނޑިޔާރު ނިންމެވިއެވެ.

ބަންދުން ދޫކޮށްދޭން އެދުމުން އެ ދުވަހުގެ ޝަރީޢަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ލަމްހާ އާއި މާވިންގެ ވެސް ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު، ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!