ޚަބަރު

އިންޑިއާ ސިފައިން ފަސްގަނޑުން ފައިބަން ޖެހޭ ކަމަށް ގަބޫލު ނުކުރަން: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާ ސިފައިން ފަސްގަނޑުން ފައިބަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓު، "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ސަރުކާރަކީ، ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި ވަރަށް "ސްމާޓް" ސަރުކާރެއް ކަމަށެވެ. އަދި ތުރުކީއަށް ދިއުމަކީ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި އިންޑިޔާ މިލިޓަރީ ސިފައިނަ އެތަނުން ދިއުމަށް އަންގާނެ ކަމަށް ގަބޫލު ނުކުރާ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ގަބޫލެއް ނުކުރަން އިންޑިއަން ޕާސަނަލް ގައުމުން ފައިބަން ޖެހޭނެ ކަމަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސް ޑރ. މުޢިއްޒަށް ދޭން ބޭނުންވާ ނަޞޭޙަތަކީ، ބޮޑު ޚަރަދެއް ކުރަން ނުޖެހޭގޮތަށް އިންޑިޔާއާއެކު އިންތިޒާމެއް ހަމަޖެއްސުން ކަމަށާއި ތައުލީމާއި ސިއްހަތާއި ކްލައިމެޓް އެޑަޕްޓޭޝަނާއި އެހެނިހެން ކަންކަމަށް ވެސް ޚަރަދުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އުންމީދަކީ ރައީސް ޞާލިޙް ކައިރީގައި ގެންގުޅުއްވި ފަދަ ބޭފުޅުން ރައީސް ޑރ. މުޢިއްޒު ނުގެންގުޅުން ކަމަށާއި އޭރު ރައީސް ޞާލިޙް ގެންގުޅުއްވި އުސޫލަކީ "އަންނި" ބުނާ ގޮތާ ޚިލާފަށް ޢަމަލުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށް ބޮޑު ނާކާމިޔާބީއެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

  1. ޑިމޮކްރަސީ

    އިންޑިޔާ ސިފައިން އެމީހުންގެ ޤަވްމުގެ ފަސްގަޑުން ފައިބާކަށް ނުޖެހޭނެ އެކަމު މިރާއްޖޭގަ ތިބި އިންޑިޔާ ސިފައިން ފައިބަންޖެހޭނެ މީ އެމީހުންގެ ފަސްގަޑެއްނޫން

  2. ކަލެއަކާ ކޮން ބެހޭ ކަމެއްހޭ؟ ވެރިކަމުގައި ހުރީ ކަލޭހެއްޔޭ؟ ޤައުމަށް ރަގަޅު ގޮތާއި ހެޔޮ ވިސްނުން އެގެނީ ކަލެއަށް އެކަނިހެއްޔޭ؟ އިންޑިއަން މިލިޓަރީ ޤާއިމްވެތިބެގެން ދިވެހި ފަސްގަޑު ބޭނުން ކޮށްގެން އެމީހުންގެ މަސްލަޙަތު ހިމާޔަތް ކުރަންވީ ކޮން ސަބަބަކާހޭ؟ އެމީހުން ރުޅި ކޮްންމެ ޤައުމަކާ އަހަރެމެން ރުޅިވާކަށް ނުޖެހެޔޭ. މިހާރުވެސް މުސްލިމުންނަށް އެންމެ ދުއްތުރާ ކޮށް މުޅި ދުނިޔާގައި މުސްލިމުންގެ ނަން ކިލަބު ކުރުމަށް އެންމެ ބޮޑު މަސަައްކަތެއް ކުރަނީ އިންޑިއާ އިންނެވެ. އެހެންވީ އެމީހުން ތިބޭކަށް އަހަރެމެން ދިވެހިން ޤަބޫލެއ ނޫނޭ! ތިޔަ ބޭފުޅާއާއި ގޯދީ ރާޖާގެ ދަރި ޢަބުދުﷲ ޝާހިދާ އަދި ހިންނަވަރު ނޫރާނީމާގޭ އިބޫ ސޯލިޙް ބޭނުން ހުރިހާ ކަމެއް މިޤައުމުގައި ނުކުރެވޭނެ. މިހާރު ފުދިއްޖެ. އިސްތިއުފާ ދިނުމުންވެސް ހެޓްރިކަ ހަދާފައި ހުރި ބަޚުލޫލެއް ތިޔައީ.

  3. ދޮށީބޭ

    ދިވެހިނަތަންޔާހޫގެ ލަޤަބު ނުލިބެނިސް އަވަހަށް ތިިވާހަކަަ ދެއްކުންހުއްޓާލާކަލޯ.ތިޔައީކަނޑު ކޮހެއްތަ؟ހަމަ’ސީދާ’ ޣައްދާރުން ދައްކާޒާތުގެ ވާހައެއްތިޔައީ..ހާދަ ދެރައޭ!!؟މިނޫންމީހަކުދެން މިޤަވްމުގަ ނަގާކިޔާގޮތަށް ހަމަނެތީބާ؟ޔާﷲ ޔާރަޙްމާން ޔާރަޙީމް.މިވަބާއިން އަޅަމެން ސަލާމަތްކުރައްވާންދޭވެ.އާމީން…

  4. ދިވެހިން

    ނަސީދު ހާދަދެރައެކޭމިވަނީ އިންޑިޔާ ސިފައިނަބާލާތީ ކޮޅުއަޅާފައޮތް ދިމާލެއްކަންނޭގެ.

  5. ނުވާނެއޭ

    އެކްސިޑެންޓް ގައި މީހަކު މަރުވުން ދާޚިލީ ވަޒީރު ފެއިލްވީއޭ އޭނާ ޖެހޭނީ އިސްތިއުފާދޭން ވަގުތުން މަމެން ކުރިން ނިންމާފައިވާނީ މާލެ ތެރެ ޕެޓްރޯލް ކުރަން 500 ފުލުހުން ނެރެ 24 ގަޑިއިރު މާލެ ތެރެ ޕެޓްރޯލް ކުރަން އެކަން އޭނާ ނުކުރުމުންނޭ މިގޮތަށް މިވީ މިވެރިކަމުގައި ފުލުހަކު މަގެއް މަތިން ވެސް ނުފެނޭ ވައްކަން ކުރާ މީހުންނާއި ފޭރޭ މީހުން އިންތިހާ އަށް މުޅި މާލޭގެ މަގުތަކަށް ކުނި އުކާފައި އޮންނަނީ މީ ސީދާ ދާޚިލީ ވަޒީރު ކައްޕަޅި ކަމުންވާ ކަންކަމޭ އޭނާ ޖެހޭނީ އިސްތިއުފާ ދޭން އިސްތިއުފާ މުއިއްޒު އިސްތިއުފާ އެއްގޮތަކަށް ވެސް ދާޚިލީ ވަޒީރަށް މަޖްލީހުން ރުހުން ދީގެން ނުވާނެއޭ އެއްގޮތަކަށް ވެސް ދާޚިލީ ވަޒީރަށް މަޖްލީހުން ރުހުން ދީގެން ނުވާނެއޭ އެއްގޮތަކަށް ވެސް ދާޚިލީ ވަޒީރަށް މަޖްލީހުން ރުހުން ދީގެން ނުވާނެއޭ އެއްގޮތަކަށް ވެސް ދާޚިލީ ވަޒީރަށް މަޖްލީހުން ރުހުން ދީގެން ނުވާނެއޭ އެއްގޮތަކަށް ވެސް ދާޚިލީ ވަޒީރަށް މަޖްލީހުން ރުހުން ދީގެން ނުވާނެއޭ އެއްގޮތަކަށް ވެސް ދާޚިލީ ވަޒީރަށް މަޖްލީހުން ރުހުން ދީގެން ނުވާނެއޭ އެއްގޮތަކަށް ވެސް ދާޚިލީ ވަޒީރަށް މަޖްލީހުން ރުހުން ދީގެން ނުވާނެއޭ އެއްގޮތަކަށް ވެސް ދާޚިލީ ވަޒީރަށް މަޖްލީހުން ރުހުން ދީގެން ނުވާނެއޭ

  6. ފޑބއޭ

    މިކަލޭގެ ބޯހަމަ ޖެހޭހެނެއް ހިއެއްނުވޭ. އިންޑއާ ސިފައިން ޖެހޭނީ ފާބަން ނޫނީ މުއިއްޒު ޖެހޭނީ ފައިބަން!

  7. މަހަށްދޭބަލަ

    މުއުއްޒު އަދި ކެނެރީގެ ނަޝީދު އެއީ ދެ ގައްދާރުންނޭ އެއީ ބަތާގަރާމީންނޭ އެ ދެމީހުން ވެސް ރާއްޖޭގެ ސިޔާސީ މއަިދާނުން ދުރްށްލާން ހަވަރު ނިކުންނަންވީއޭ

  8. ފަޑބއޭ

    މިކަލޭގެ ބޯހަމަ ޖެހޭހެނެއް ހިއެއްނުވޭ. އިންޑއާ ސިފައިން ޖެހޭނީ ފާބަން ނޫނީ މުއިއްޒު ޖެހޭނީ ފައިބަން!