އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ޝިމާދު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝިމާދު އިބްރާހިމް ހަމަޖައްސައިފިއެވެ.
ޝިމާދު ވަނީ އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިފައެވެ. އޭނާ ވަނީ ކުރިން ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފައެވެ.
ޝިމާދު އަކީ އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެސްޓީއޯއާއެކު ސަރުކާރުގެ 20 ކުންފުންޏަކަށް އާ ވެރިން މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. އެ ކުންފުނިތަކަށް ރަސްމީކޮށް މިއަދު ވެރިން އައްޔަނުކުރެއްވި އިރު، ބާކީ ހުރި ކުންފުނިތަކަށް ވެރިން އައްޔަނު ކުރުމުގެ މަސައްކަތް ޕީސީބީގައި ކުރިއަށް އެބަދެއެވެ.
Ads by Allied Insurance