އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަޒުލް

<އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަން ކުރައްވައިފިއެވެ.
ފަޒުލްއަކީ މަޖިލީހުގެ ޕީއެންސީ ޑެޕިއުޓީ ޕީޖީ ލީޑަރެވެ. އޭނާ އަކީ ކުރިން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފަޒުލް އަދާކުރެއްވީ 2015 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު، 2018 ގެ ނިޔަލަށެވެ.
އާބަންކޯގެ އިތުރުން ސަރުކާރުގެ 20 ކުންފުންޏަކަށް އާ ވެރިން މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. އެ ކުންފުނިތަކަށް ރަސްމީކޮށް މިއަދު ވެރިން އައްޔަނުކުރެއްވި އިރު، ބާކީ ހުރި ކުންފުނިތަކަށް ވެރިން އައްޔަނު ކުރުމުގެ މަސައްކަތް ޕީސީބީގައި ކުރިއަށް އެބަދެއެވެ.