ސަރުކާރު

އެކި ދާއިރާތަކުން ތުރުކީއާއި ގުޅުން ބަދަހި ކުރުމަށް، އެ ޤައުމުގެ ޓްރޭޑް މިނިސްޓަރުގެ ނައިބާއިއެކު މަޝްވަރާ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

Ads by Sosun Fihaara

އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، އިމާރާތް ކުރުމުގެ ދާއިރާއިންނާއި، އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމަ އެއާއެކު ދެ ޤައުމުގެ ދެމެދުގައި ޤާއިމު ވެފައިވާ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ތުރުކީވިލާތުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރޭޑް ވަނީ، ރާއްޖެއާއި ތުރުކީވިލާތުގެ މަސްވެރިންނާއި، މަހުގެ ބާވަތްތައް އުފައްދާ ކާރުހާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. އަދި، ދިވެހި ރައްޔިތުން ތިބީ މިހާރަށްވުރެ ފާގަތި ޤައުމީ ތަރައްޤީއެއްގެ އިންތިޒާރުގައިކަން ފާހަގަ ކުރައްވައި، ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ ހުޅަނގާއި އިރުމައްޗާ ގުޅުވައިދޭ ހަބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވެ، އެކަން ހާސިލްކުރުމަށްޓަކައި ޓަރކިޝް އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ މުހިންމުކަން ހާމަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Allied Insurance
  1. ނުދޭތި

    ޓެރިފް ނުލައި ތުރުކީއަށް މަސް އެކްސްޕޯޓު ކުރުމަށް މަޝްވަރާކޮށްފިއޭ އެހެންތޭ މިއިން އެގިގެންދާ އެއްޗަކީ މިސަރުކާރުން ބޭރުގައުމު ތަކަށް ރައްޔިތުން ފެލައިގެން ސަރުކާރަށް ނަގާ ފައިސާ އިން ބޮޑެތި ވަފްދު ތައް ހަދައިގެން ކޯޓް ފަޓްލޫނު ލައިގެންދާއިރު އެމެން ދަނީ އެއްވެސް މަސައްކަތެއް ކުރިއާރާލާ ނުކޮށޭ މިކަން ހިނގަން ޖެހޭނީ އެހެން ނޫނޭ ރައީސް މީހާ ކުރާ ދަތުރުގައި މަޝްވަރާ ނޫން ކުރަން ޖެހޭނީ ނިންމަން ޖެހޭނީ ނިންމުންތައް ނުނިންމެނީ ވަޒީރުން އެކަމަށް ކުފޫ ހަމަނުވަނީއޭ މުއިއްޒު ވެސް ކުފޫހަމަނުވޭ ރައީސްކަމަށް ކުފޫހަމަނުވޭދޯ ކުރާ ކަމަކީ ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާ ނަގައިގެން ރާއްޖޭން ބޭރަށް ދަތުރު ކޮށް އުފާކުރަނީއޭ ރައްޔިތުންގެ ލާބަ އާއި މަންފާ އަަށް އެއްކަމެއް ވެސް ނުކުރެއޭ މިސަރުކާރުގެ ދާޚިލީ ވަޒީރު ކަައްޕަޅި ކަމުންނޭ އެކްސިޑެންޓެއްގައި ކުށެއް ނެތް މީހަކު މަރުވީ މާލެ އަށް 500 ފުލުހުން ފޯރިމަރަން ނެރެފައި ތިބި ނަމަ އެކަން އެގޮތަށް ނުހިނގާނެއޭ ހުރިހާ ވަޒީރުންަނަށް ރުހުން ނުދޭންވީއޭ އެމްޑީޕީން ރުހުން ނުދޭތި އެކަކަށް ވެސް ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި

  2. ކުފޫހަމަނުވޭ

    ޚާރިޖީ ވަޒީރު އެކަމަށް ކުފޫހަމަނުވާތީއޭ އަދި ކިރިޔާ މަޝްވަރާ ކުރާނީ ފުރަތަމަ ހޯމްވާރކް ހަދާ ދެގައުމުގެ ދެމެދުގައި ރަނގަޅަށް މަޝްވަރާ ކޮށް ކޮންމެވެސް އެއް ގޮތެއް ނިންމާފައި މެނުވީ ދައުލަތުގެ ޚަޒާނާއިން ބޮޑެތި ޚަރަދުކޮށްގެން ރައީސް މީހާ ބޮޑެތި ވަފްދު ގޮވައިގެން ނުޖެހޭނެއޭ ދާން ރާއްޖޭން ބޭރަށް ޚާރިޖީ ވަޒީރު ޒަމީރު އެކަމަށް ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ ކުފޫހަމަނުވެއޭ