ޚަބަރު ސަރުކާރު ސިޔާސީ

ހިޔާފްލެޓުގެ ފިނިޝިންއަށް ދިޔަ ޚަރަދު ރައީސް މުޢިއްޒު ދެއްވާނެ: ފަޒުލް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫޢު"ގެ ދަށުން އަޅައިފައިވާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދު އައު ސަރުކާރުން ވަޢުދާއި އެއްގޮތަށް ދެއްވާނެކަމަށް އާބަންކޯގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ދެއްވައިފިއެވެ.

Ads by MWSC

ފަޒުލް އާބަންކޯގެ އެމްޑީގެ މަޤާމަށް އައްޔަނު ކުރެއްވީ މިއަދުއެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވަޢުދުވެވަޑައިގެންނެވި ފަދައިން، ހިޔާ ފްލެޓު ހަދަން، ޚަރަދުވި ފައިސާ، ހިޔާ ފްލެޓްގެ ވެރީންނަށް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.

ފަޒުލް މިގޮތަށް ވިދާޅުވީ ރައީސް މުޢިއްޒުގެ މި ވަޢުދުފުޅު ނުފުއްދަވާނެ ކަމަށް "ކުރުސީ.ކޮމް" ނަމަކަށް ކިޔާ އޮންލައިން ނޫހަކުން ޚަބަރު ފެތުރުމުން، އެ ޚަބަރަށް ރައްދު ދެއްވަމުންނެވެ.
ރިޔާސީ ކެމްޕެއިނުގައި ރައީސް މުޢިއްޒު، ހުޅުމާލެ ފޭސް1ގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހިޔާ ފެލެޓް ތަޅާލަން އުޅުނު ކަމަށާއި ނަމަވެސް އެކަން ނުކުރެވުނު ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން އަތުން ދިޔަ ޚަރަދުގެ އެވްރެޖް އަދަދު އަނބުރާ ދެއްވާނެ ކަމަށާއި، އެވްރެޖް ގޮތެއްގައި ހިޔާ ފްލެޓްގެ ފިނިޝިން އަށް ދިޔަ ޚަރަދަށް ބަލާފައި އާބަންކޯއިން އެ ކޯސްޓް އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް، އެ ޚަރަދު ބެއާކޮށް، ޚަރަދު އެވްރެޖްކޮށް، އަނބުރާ ދައްކާގޮތަށް އާބަންކޯއިން ލޯނެއް ނަގައި، ރައްޔިތުން އަތުން ދިޔަ ޚަރަދު އެވްރެޖްކޮށް ކަނޑައަޅުއްވާނެ ކަމަށް ރައީީސް މުޢިއްޒު އޭރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ނުދޭތި

    ޓެރިފް ނުލައި ތުރުކީއަށް މަސް އެކްސްޕޯޓު ކުރުމަށް މަޝްވަރާކޮށްފިއޭ އެހެންތޭ މިއިން އެގިގެންދާ އެއްޗަކީ މިސަރުކާރުން ބޭރުގައުމު ތަކަށް ރައްޔިތުން ފެލައިގެން ސަރުކާރަށް ނަގާ ފައިސާ އިން ބޮޑެތި ވަފްދު ތައް ހަދައިގެން ކޯޓް ފަޓްލޫނު ލައިގެންދާއިރު އެމެން ދަނީ އެއްވެސް މަސައްކަތެއް ކުރިއާރާލާ ނުކޮށޭ މިކަން ހިނގަން ޖެހޭނީ އެހެން ނޫނޭ ރައީސް މީހާ ކުރާ ދަތުރުގައި މަޝްވަރާ ނޫން ކުރަން ޖެހޭނީ ނިންމަން ޖެހޭނީ ނިންމުންތައް ނުނިންމެނީ ވަޒީރުން އެކަމަށް ކުފޫ ހަމަނުވަނީއޭ މުއިއްޒު ވެސް ކުފޫހަމަނުވޭ ރައީސްކަމަށް ކުފޫހަމަނުވޭދޯ ކުރާ ކަމަކީ ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާ ނަގައިގެން ރާއްޖޭން ބޭރަށް ދަތުރު ކޮށް އުފާކުރަނީއޭ ރައްޔިތުންގެ ލާބަ އާއި މަންފާ އަަށް އެއްކަމެއް ވެސް ނުކުރެއޭ މިސަރުކާރުގެ ދާޚިލީ ވަޒީރު ކަައްޕަޅި ކަމުންނޭ އެކްސިޑެންޓެއްގައި ކުށެއް ނެތް މީހަކު މަރުވީ މާލެ އަށް 500 ފުލުހުން ފޯރިމަރަން ނެރެފައި ތިބި ނަމަ އެކަން އެގޮތަށް ނުހިނގާނެއޭ ހުރިހާ ވަޒީރުންަނަށް ރުހުން ނުދޭންވީއޭ އެމްޑީޕީން ރުހުން ނުދޭތި އެކަކަށް ވެސް ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި ނުދޭތި