އީވާގެ އިތުބާރު ނެތް މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަނީ

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަން ނިންމައިފިއެވެ.
މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ މެމްބަރުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 3 ޑިސެމްބަރު 2023 ވާ އާދިއްތަ ދުވަހު ބާއްވާ ޖަލްސާ އަށް އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރާނެ ކަމަށެވެ.
50 މެމްބަރުންގެ ސޮޔާއި އެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.