ޚަބަރު ސަރުކާރު

އެންސްޕާގެ ސީއީއޯގެ މަޤާމަށް ހީނާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ ސީއީއޯގެ މަޤާމަށް ހީނާ ވަލީދު މިއަދު ހަމަޖައްސައިފިއެވެ.

Ads by STELCO

އެންސްޕާގެ އެންމެ އިސްވެރިޔާގެ މަޤާމަށް ހަމަޖެއްސެވި ހީނާ ހުންނެވީ، ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ތަރުޖަމާނުގެ މަޤާމުގައެވެ.

ހީނާ ވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމު ފުރުއްވައިފައެވެ.

އޭނާ ވަނީ މީޑިއާގެ ދާއިރާ އިން މަތީ ތަޢުލީމު ހޯއްދަވައި، އެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ. އާއްމުންގެ މެދުގައި ހީނާ އެންމެ ބޮޑަށް މަޤުބޫލުވީ މޮޅު ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައެވެ.

އެންސްޕާގެ އިތުރުން އާސަންދައިގެ މެނޭޖިން ޑިރެކްޓަރަކަށް ވެސް، އައު ސަރުކާރުން ހަމަޖެއްސެވީ އަންހެންބޭފުޅެކެވެ. އެއީ އާމިނަތު ޒީނިއާއެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!