ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި 3 މީހެއްގެ ހާލު ސީރިއަސް
ރޭ ދެ ސައިކަލް ޖެހި މާލޭގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ބުދަ ދުވަހުގެ ރޭ 23:26 އެހާކަންހާއިރު ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ވިލާ ކޮލެޖު ކައިރިންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވި 3 މީހުންނަށް ފަރުވާ ދެމުން ދާއިރު އޭގެ ތެރޭގައި ހިމެނެނީ 19 އަހަރުގެ ފިރިހެނެކާއި، 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ އަންހެނެކެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
Ads by Allied Insurance