ޚަބަރު

އަނިޔާ ލިބެމުންދާ ފަރާތްތަކަށް ދުންޔާ ދެއްވީ ހިތްވަރު, އެކުގައި މިކަން ހުއްޓުވޭނެ ކަމުގެ ޔަޤީންކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ފެންވަރުުގައި ޖެންޑާ ބޭސްޑް ވަޔަލެންސްއާ ދެކޮޅަށް ފާހަގަ ކުރަމުން އަންނަ 16 ޑޭސް އޮފް އެކްޓިޒަމްއާ ގުޅިގެން, އަނިޔާ ލިބެމުންދާ ފަރާތްކަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހިތްވަރު ދެއްވައިފިއެވެ.

Ads by STELCO

16 ޑޭސް އޮފް އެކްޓިވިޒަމްއަކީ ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ފެށިގެން, އިންސާނީ ހައްގުތަކުގެ ދުވަސް ކަމަށްވާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ކެމްޕޭނެކެވެ.

ކޮންމެ އަހަރަކުވެސް މި ކެމްޕެއިންގައި ވަކި ޝިއާރަކަށް އަލިއަޅުވާލާފައިވާއިރު، މިއަހަރުގެ ކެމްޕެއިނަކީ "ޔުނައިޓް! އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިންވެސްޓްކުރޭ" މިއެވެ. މި ކެމްޕޭނުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ތައް ނިމުމަކަށް ގެނައުމަށް ރައްޔިތުން އަޅާލަނީ ކިހާ ވަރަކަށްކަން ދެއްކުމަށް ގޮވާލާއިރު، އަންހެނުންނަށް ކުރާ އަނިޔާއިން އެއްކިބާވެފައިވާ ދުނިޔެއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ވަނީ ގޮވާލައެވެ. އަދި މިކަން ކުރުމަށް ސަރުކާރުގެ ފެންވަރުގައި ކުރަމުންދާ މަސައްކަތް ހިއްސާ ކުރުމަށް މި ކެންޕެއިނުން ގޮވާލައެވެ.

މި ކެންޕެއިންގައި ބައިވެރިވެ ވަޑައިގެން މީސްމީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ ކްލިޕެއްގައި ދުންޔާ ވިދާޅުވީ, މިއަދު އަންހެނުްނަށް ކުރާ އަނިޔާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރެވިފައިވީނަމަވެސް, އެ އަނިޔާ ގިނަ ބަޔަކު އަދިވެސް ތަޙައްމަލު ކުރަމުން އަންނަ ކަމަށެވެ.

"މިއީ ވެގެންވާނެ ކަމެއް ނޫން, ދިވެހި ރާއްޖޭގައި ވެސް އަދި އެހެން ޤައުމުތަކުގައި ވެސް. މިހާރު ހޭލުންތެރިކަން އިތުރުވެއްޖެ, ނަމަވެސް ހިތާމަ އަކީ މިހާރު ވެސް ކޮންމެ ދުވަހަކު, އެތައް އަންހެނަކު, އަންހެން ކުއްޖަކު މިކަހަލަ އަނިޔާތަކާ ކުރިމަތިލާ, ސަމާލަތްވާން ގޮތްތަކެއް ނުފެނި އެހީތެރިކަން ހޯދޭނެ ގޮތެއް ނެތި އުޅޭކަން" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ, ރާއްޖޭގައި އަލަށް އުފެދުނު ޑރ. މުޢިއްޒުގެ ސަރުކާރުން އަނިޔާތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަައްވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި, އަދި ޖެންޑަރ މިނިސްޓަރު އައިޝަތު ޝިހާމު ވެސް އެކަމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

ދުންޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, އަނިޔާލިބެމުންދާ ފަރާތްތަކަށް ހިތްވަރުދެއްވާ ކަމަށާއި އެންމެން ގުޅިގެން ކުރާ މަސައްކަތުން އަނިޔާގެ މައްޗަށް ކުރި ހޯދޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"މިކަން ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް, އާ އުންމީދެއް އަރުވަން ބޭނުން, ހިތްވަރު ކުރެއްވުން, ކުރިމަތިލެއްވުން, އެންމެން ގުޅިގެން މިކަން ހުއްޓުވޭނެ ކަމުގެ ޔަޤީންކަން" ދުންޔާ ވިދާޅުވިއެވެ.

Ads by HDC
  1. ބިންމަތީގައި އިންސާނުން ކުރާ އެންމެ ބޮޑު އަނިޔާ އަކީ އިންސާނުން އުފެއްދި ޙާލިޤް ވަންތަ ﷲ ޝަރީކު ކުރުމާއި ކުފުރުވުމާއި އެކަލާގެ ހުކުމްފުޅުތަކަށް ތަބާ ނުވުމާއި އެހުކުން ފުޅުރަކަށް އިންސާނުން ޢަމަލު ނުކުރުނާއި ހަވާނަފުސަށް ހެލުންތެރިވެ ތިމާގެ އާހިރަށް ނަގާލުމާއި އަބަދު މަންސަބާއި ޖާހު ނުލިބިގެން އެކަކު އަނެކަކަށް އެއްޗެހިގޮވުން !