Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފަރްމިކްސް ލެބޯޓްރީސް އިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ރާއްޖެ އެތެރެކޮށް ބޭނުން ކުރުން މަނާކޮށްފި

ފަރްމިކްސް ލެބޯޓްރީސް އިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ރާއްޖެ އެތެރެކޮށް ބޭނުން ކުރުން މަނާކޮށްފި

ރާއްޖެއަށް ބޭސް އެތެރެކުރާ ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފަރްމިކްސް ލެބޯޓްރީސް އިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ މި ކުންފުނީގެ ބޭސްތައް ރާއްޖޭގައި މަނާ ކޮށްފައި ވަނީ އެ ބޭހުން ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލައިން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީންނާއި، ދުނިޔޭގެ އެހެން ގައުމު ތަކުންވެސް އެ ކުންފުނީގެ ދިޔާ ބޭހުގައި މި ދެ ބަވާތުގެ ކެމިކަލް ހިމެނޭ ކަމަށް ނެރުނު އެލާޓާއި ގުޅިގެން ކަމަށެވެ.

އެހެންކަމުން އެ ކުންފުނީގެ ދެ ބޭހަކުން މި ކެމިކަލް ފެނުމުގެ ސަބަބުން މިހާރު އެ ޕްރޮޑަކްޓްތައް މަނާ ކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ހާމަކުރެއެވެ.

Advertisement
HDC — Sidebar (box)

އެމްއެފްޑީއޭ އިން ބުނީ އެ ކުންފުނީގެ ދިޔާ ބޭސް އުފެއްދުމުގައި މިފަދަ މައްސަލައެއް ފާހަގަކުރެވިފައި ވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ އެއްވެސް ދިޔާ ބޭހެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި، އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ރާއްޖެ އެތެރެ ކުރުމާއި ބޭނުން ކުރުން މަނާ ކުރި ޕާކިސްތާނުގެ ފަރްމިކްސް ލެބޯޓަރީގެ ދިޔާ ބޭސްތައް:

<img class="alignnone size-medium wp-image-205863" src="https://cdn.dhen.mv/wp-content/uploads/2023/11/371171550_759849732646320_4486421398476635411_n-300x155.jpg" alt="" width="300" height="155" />

މީގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހުރި އެ ކުންފުނީގެ ދިޔާ ބޭސްތައް ފާރމަސީތަކުން ނަގާ، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް