Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހައްދުންމަތީ މީހެއްގެ ބާރުގަދަ ކަމަށް ބުނެ ހިސްޓޯ ޕީއެންސީއިން ވަކިވެއްޖެ

ހައްދުންމަތީ މީހެއްގެ ބާރުގަދަ ކަމަށް ބުނެ ހިސްޓޯ ޕީއެންސީއިން ވަކިވެއްޖެ

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ވެރިކަންކުރާ ޕީއެންސީގެ ސެކެޓްރީ ޖެނެރަލް ކަމުންނާއި ޕާޓީގެ މެމްބަރުކަމުންވެސް ވަކިވެއްޖެއެވެ.

ޕީއެންސީގެ އެސްޖީކަމުންނާއި އަދި ޕާޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާ، ޕީއެންސީގެ ރައީސް ޑރ. މުއިއްޒުއަށް ފޮނުއްވި ސިޓީގައި ހިސްޓޯ ވިދާޅުވެފައިވަނީ ޕީއެންސީ މިހާރު ހިނގާ މަގަކީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީ އޮފީސްތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވާ، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެމްބަރުންގެ މޫނަށް "ހައްޕުނޑު" ބުރުވުމުގެ ނޭގާނީ އުސޫލު ކަމުގައެވެ.

އެހެންކަމުން މިފަދަ ހާލަތެއްގައި މެމްބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް އެމެމްބަރުންގެ މާޔޫސްކަން ފިލުވާ ދިވެހީންގެ ރާއްޖެ ދިވެހީން އެދޭމަގަށް ގެނެވޭނެކަމަށް ގަބޫލު ނުކުރެވޭތީވެ މިސާހިތުންގެ ފެށިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސެކެޓްރީ ޖެނެރަލްކަމުގެ މަގާމުންނާއި އަދި ޕާޓީގެ މެމްބަރުކަމުންވެސް އިސްތިއުފާ ދެއްވީކަމުގައި އޭނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ހިސްޓޯ ޕީއެންސީން ވަކިވެފައިވާއިރު، ކުރީގެ ރައީސް ޔާމިން މިހާރު ގެންދަވަނީ ޕީޕީއެމް ދޫކުރައްވާ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޔާމިންގެ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދޫކޮށްފައެވެ. ބެލެވޭ ގޮތުގައި ހިސްޓޯ ދެން ގުޅިވަޑައިގަންނަވާނީ ޔާމިން އުފައްދަވާ ޕީއެންއެފްއާއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް