ޚަބަރު

އަބްދުއްރަހީމް ވާދަވެރިންނަށް ރައްދު ދެއްވީ ޅެން ބައިތަކުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޅެން ބައިތަކުން ވާދަވެރިންނަށް ވަރުގަދަ މެސެޖެއް ރޭ ދެއްވައިފިއެވެ.

Ads by STELCO

ޕީއެންސީގެ ރައީސް ކަން ވެސް ކުރައްވާ އަބްދުއްރަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޔަށް އަމާޒުވެގެން އަންނަ އުންޑަ އާއި ތީރުތަކުން ސަލާމަތްވުމަށް ބިރުން ފިލައިގެންދާނެ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. އަދި ކަމަކަށް ގޮވާލައިފި ނަމަ، މި ގައުމުގެ އަބުރާއި އިއްޒަތަށްޓަކައި ވެސް އެ ތަނުގައި ހުންނަ މީހަކަށް އޭނާ ވާނެ ކަމަށް ވެސް އެ މެސެޖްގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް އެ ފާހަގަ ކުރެއްވި ޅެން ބައިތަކީ "ގައުމަށްޓަކައި" މި ނަމުގައި ހަދާފައިވާ ލަވައެއްގެ ޅެން ބައިތެވެ.

އަންނާނެ ތީރެއް އުންޑައެއް ފެނިގެން އަމާޒުވެގެން މެޔަށް ގަންނާކުރެއްވި ބިރުން ފިލަންދާ މީހަކަށް މަ ނުވާނަމޭ. ކަމަކަށް ގޮވާލީމާ މި ގައުމުގެ އިއްޒަތާ އަބުރަށްޓަކައި އަމަށުން ހުރީވިއްޔާ އެތާ އެކަކަށް މަ ވެސް ހުންނާނަމޭ،" މާނަ ފުން އެ މެސެޖްގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖަމީލަށް ބޮޑުބޭބެ ވިދާޅުވީ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލާއި ރައީސް ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވެވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި ކުރީގެ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލެވެ.

ރައީސް ޔާމީންގެ އަރިހުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕީޕީއެމް/ޕީއެންސީ ފޭރިގަތީ މިހާރު އެ ދެ ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. އަދި މިކަމުގެ އެންމެ އަޑީގައި ހުންނެވީ އަބްދުއްރަހީމް ކަމަށް ވެސް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ. ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނަށް ވެރިކަން ލިބުމާ އެކު، އެބޭފުޅުން ވަނީ ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައެވެ. އަދި ލީޑަޝިޕްގެ ބޭފުޅުން ފޯނު ނުނަންގަވާ އިރު، ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ބައްދަލު ކުރައްވަން ވެސް ވަޑައިނުގަންނަވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

  1. އަޒްރާ

    އަހަރެމެން ބޭނުމެއްނޫން މިހރު ބޮނޑިބަތް ކައްކަން އެހެންވެ އަހަރެމެން މިތިބީ ޑރ މުޢިއްޒުއާއެކު

  2. ހަގީގަތް

    ހަގީގަތަކީ ޔާމީނަކީ ވަރަށް ނުލަފާ ނުބައި މީހެއް. އެހާމެ ތޭތެރެޖައްސާ ބޮޑާ މީހެއް.