ޚަބަރު

ޗައިނާ ބަހުން ވާހަކަ ދެއްކެވުމުން ޗައިނާ ސަފީރު, މިނިސްޓަރު ޝާހިދަށް ތައުރީފު ކުރައްވައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ޗައިނާ ބަހުން ވާހަކަ ދެއްކެވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލޮޖޮންގް، ތައުރީފު ކުރައްވައިފިއެވެ.

ރާއްޖޭގެ 55 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ޗައިނާގެ ބެއިޖީންގައި ބޭއްވި ރިސެޕްޝަނެއްގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވާފައި ވަނީ ޗައިނާ ބަހުންނެވެ.

މިނިސްޓަރު ޝާހިދު ޗައިނާ ބަހުން ވާހަކަދައްކަވާ ވީޑިއޯ ޓުވީޓު ކުރައްވާ ޗައިނާ ސަފީރު ވިދާޅުވީ ބަސްތައް ދަސްކުރުމުގައި މިނިސްޓަރު ޝާހިދުގެ ގާބިލުކަމުގެ ސަބަބުން މިނިސްޓަރަށް ސެޓްފިކެޓެއް ދޭން ވިސްނަވާ ކަމަށެވެ.

މީގެ ކުރިން ވެސް މިނިސްޓަރު ޝާހިދު ވަނީ އެކި އެކި ރަސްމިއްޔާތުތަކުގައި އެކި ގައުމުތަކުގެ ބަހުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ބޭއްވި ރިސެޕްޝަނުގައި ވެސް މިނިސްޓަރު ތަގުރީރުކުރެއްވީ އަރަބި ބަހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!