ވިޔަފާރި

ބޮޑެތި އިނާމު ތަކާއެކު ހެއްޔާ މަކިޓާ 2023 ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެސްޓީއޯއިން ކުރިޔަށްގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން އާދީއްތަ ދުވަހު ފަށައިފިއެވެ. ޑިސެމްބަރ 3 ވަނަ ދުވަހުން ފެށިގެން 2024 ޖެނުއަރީ 11 އަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ، މުހައްމަދު އީމާން އެވެ.

Ads by STELCO

އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި މުއްދަތުގައި ޕްރޯޝަން ކުރިޔަށް ގެންދާނެއެވެ. ޕްރޮމޯޝަންގެ ދަށުން ކުރައްވާ ކޮންމެ ފަސް ސަތޭކަ ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިލައްވާއިރު 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 (ތިރީސް ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ލިބޭނެއެވެ. އަދި ދެވަނައަށް 20،000 (ވިހި ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބޭ އިރު ތިންވަނައަށްދާ ފަރާތަކަށް 10،000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބޭނެއެވެ.

މީގެ އިތުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދާނެއެވެ. މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!