މިއަހަރު ސަރުކާރު ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވަނީ
މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވަން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި 1000 މީހުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަކީ ރިޔާސީ ވައުދެކެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ, ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހަކު ޙައްޖަށް ފޮނުވަން ނިންމާފައިވާ ކަމަށާއި, އެ މީހުން ކަނޑައަޅާނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ކަމަށެވެ.
"ހައްޖަށް ދާން ބެނުންވާ ފަރާތްތަކުގެ ތެރެއިން 5 އަހަރު ދުވަހުގެ ތެރޭގަ 1000 ފަގީރުންނަށް ހިލޭ ދެވޭ ގޮތަށް ނިންމުން. އެއީ މެނިފެސްޓޯގަ ވީ ވަޢުދެއް. އެކަން ރަސްމީކޮށް ކެބިނެޓުގަ ފާސްކް މި އަހަރު ފުރަތަމަ ހައްޖަށްދާ މީހުންގެ ތެރޭގަ 50 މީހުން ހިލޭ ހައްޖަށް ފޮނުވާނެ" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ކުރިޔަށް އޮތް އަހަރު އެއަށްވުރެ ގިނަ ވާނެ ކަމަށާއި ފުރަތަމަ ފަށާނީ 50 މީހުން ފޮނުވައިގެން ކަމަށެވެ. އަދި އުންމީދަކީ މިކަމަކީ ހަމައެކަނި 5 އަހަރަށް ކުރާ ކަމަށް ހެދުމުގެ ބަދަލުގައި އެކި އެކި ފުރުސަތުތައް ހޯދައި މިކަމަކީ ދާއިމީ ގޮތެއްގައި ވެސް ރައްޔިތުންނަށް ކުރެވޭނެ ކަމަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.
ދެން ތިމީހުން ފޮނުވަންޖެހިގެން އަހަރުމެންނަށް އަނެއްކާވެސް ނުދެވި ލަސްވާނީ، ކުރިން ފައިސާ ދައްކާފައި ތިބި މީހުންގެ ޙައްގު ގެއްލޭނީ