ޚަބަރު

ރަށްރަށުގެ ސޯޝަލް ހައުސިންތަކުގެ ކުލި 3،330 ރުފިޔާއަށް ކުޑަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަށްރަށުގައި ހަދާފައިވާ ސޯޝަލް ހައުސިންތަކުގެ ކުލި 5،000 ރުފިޔާއިން 3،330 ރުފިޔާއަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުރެއްވި އަގުތައް ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ހިޔާ ފްލެޓްތަކާއި، ވިނަރެސް ފްލެޓްތައް އަދި ރަށްރަށުގައި އަޅާފައިވާ ފްލެޓްތަކުގެ އަގުތަކަށް ބަދަލު ގެނެސް ދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް އަތޮޅު ތެރޭގައި ހުރި ހައުސިން ޔުނިޓްތަކުގެ އަގުތައް 3333 ރުފިޔާއަށް ކުޑަކުރައްވާފައިވާކަމަށެވެ. މިކުލިތައް ރައީސް ކުޑަކުރެއްވީ ކުރިއަށް އޮތް 20 އަހަރު ދުވަހަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގައި ކުރިން 2500އަށް ކުލި ދައްކާ ހައުސިންގ ޔުނިޓްތައް ހުރިކަމަށާއި މިތަންތަނުގެ ކުލި ހަމަ ހުންނާނީ ހަމައެގަގުގައި ކަމަށެވެ.

ހަމަ މިއާއިއެކު ރައީސް ވަނީ ހިޔާ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަ ކުރާ ގޮތަށް ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 3984 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް މިހާރު ދައްކަމުންދާ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ ކުޑަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!