ޚަބަރު

މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނަން: ރައީސް ޑރ. މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގެ ނިޔަތަކީ ދީނާއި ގައުމަށްޓަކައި ގައުމު ކުރިއެރުވުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން ކަމަށެވެ.

އަދި މި މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ނަމަވެސް އެއީ ހިތްވަރެއް ކަމުގައި ދެކެން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ފެށުމެއް ކަމަށާއި ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި އެ ޕާޓީން ކުރެވޭ ކަންކަން ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ކުރިޔަށް އޮތް އިންތިހާބުތަކުގައި މި ޕާޓީން ކުރެވޭ ކަންކަން ކުރިއަށް އޮތް ތަނުގައި ފެށިގެން ދާނެ. އެގޮތުން ކުރިއަށް އޮތް މަޖިލީސް އިންތިހާބު، މަޖިލީހުގެ ސުޕާ މެޖޯރިޓީން ކާމިޔާބު ކުރާނަން" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުވިގެން ދިޔަ އޮފީހާ އެކު ކުރިއަށް ހުރި އިންތިހާބުތަކަށް ތައްޔާރުވުމަށް ޕީޕީއެމްއާ އެކު ގުޅިގެން ކުރާ މަސައްކަތައް ފަސޭހަވެގެން ދާނެ ކަމަށެވެ.

Ads by HDC
  1. މުނާފިގެކަެ

    މި ފަހަރު އެންމެ ގިނަ ގޮނޑި ނަގާނީ އެމްޑީޕީން ބަލަން ތިބޭތި އެމްޑީޕީ އަށް ވޯޓްލި 110 ހާސް މީހުން އަދިވެސް ތިބީ އެގޮތުގައޭ މުއިއްޒު އަށް ދިން ވޯޓެއް ނޫން އެއީ ރައީސް ޔާމީނަށް ދިން ވޯޓް މުއިއްޒު ރައީސް ޔާމީނަށް ޚިޔާނާތްތެރި ވިނަމަވެސް ރައްޔިތުން ތިބީ ޚިޔާނާތް ތެރިވާ ގޮތަށް ނޫނޭ އެކަން މިހާރުވެސް ފެނެއޭ އަދި މުއިއްޒު ރާއްޖެތެރެއަށް ދަތުރުކުރަން ފެށުމުން އެކަން ބޮޑަށް އިނގ3ނެ ގޮނޑި ހިފައިގެން މުއިއްޒު ފަހަތުން ރައްޔިތުން ހޯބޯ ލަވަމުން ދާން ފެށުމުން..