ލައިފްސްޓައިލް

ދުވާލު ގަޑީގައި މާ ގިނައިރު ނުނިދާތި، ހިތުގެ ބަލި ޖެހިދާނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދުވާލު ގަޑީގައި ނިދުމަކީ ގިނަ ބަޔަކު އާދަކޮށް ކުރާ ކަމެކެވެ. މުޅި ދުވަހު އަވަދި ނެތިކޮށް އުޅެމުން މިފަދަ ޕަވާ ނެޕެއް ނަގާލާ އިރުކޮޅަކަށް ނިދާލުމަކީ އެކަމުގެ ސަބަބުން މީހާ ތާޒާ ކޮށްލާ ކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރިއެވެ.

Ads by Hajj Corporation

މީގެ ކުރިން ހެދި ދިރާސާތަކުން ދުވާލު ގަޑީގައި ނިދުމުން ހިތުގެ ބަލިތައް ޖެހުމާ އެއްވެސް ގުޅުމެއް ދެއްކި ނަމަވެސް އެންމެ ފަހުން މި ކަމަށް ކުރި ދިރާސާގައި ދައްކާ ގޮތުން ގަޑިއެއްހާއިރަށް ވުރެ މަދުން ނިދާލުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް އެއް ގަޑިއިރަށް ވުރެ އިތުރުވާނަމަ އެކަމުގެ ސަބަބުން ހުރިހާ ވައްތަރެއްގެ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ހުޅުވިގެންދެއެވެ.

3،13،615 މީހުން ބައިވެރި ކޮށްގެން ތަފާތު 20 ދިރާސާއެއްގެ ތެރެއިން ހިމެނޭ މި ދިރާސާގެ ރިޕޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 39 އިންސައްތަ މީހުންނަކީ ދުވާލު ވަގުތުގައި ނިދާ މީހުނެވެ.

އެސްސީ ކޮންގްރެސް 2020 ދި ޑިޖިޓަލް އެކްސްޕީރިއަންސް އިން ހުށަހަޅާފައިވާ މި ދިރާސާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 60 މިނިޓަށް ވުރެ ގިނައިރު ނިދާނަމަ އެމީހަކަށް ހިތުގެ ތަފާތު މައްސަލަތަކުގެ ނުރައްކާ ބޮޑުވާ މިންވަރު 34 ޕަސެންޓަށް ވުރެ މަތިވެ އެވެ.

އަދި  ރޭގަނޑު ހަ ގަޑިއިރަށް ވުރެ ގިނައިން ނިދާ މީހުންނަށް ހިތުގެ މައްސަލަތައް ޖެހޭލެއް މަދުކަމަށާއި އެނޫން ތަފާތު ސިއްހީ މައްސަލަތައް ވެސް ޖެހޭލެއް މަދުކަމަށް ވެސް މި ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!