ޚަބަރު

އިންޑިއާ ކަނޑުގެ ސަރަޙައްދަކީ، ފުދުންތެރި ސަރަޙައްދަކަށް ހެދުމަށް އެކުގައި މަސައްކަތްކުރަން ރާއްޖެއިން ތައްޔާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ކަނޑުގެ ސަރަޙައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަޙައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ދިވެހިރާއްޖެ ޕްރޮމޯޓްވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަޙައްދާއި، އެނޫންވެސް ސަރަޙައްދުތަކުގެ ޤައުމުތަކާ ގުޅިގެން ސަރަޙައްދީ ކުރިއެރުމަށާއި ސުލްޙަމަސަލަސްކަމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުޖުތަމަޢާ ގާތްގުޅުމެއް އުފައްދައި މަޝްވަރާއަށް އިސްކަންދީ، ޞުލްޙަވެރިކަމާއި އެކުވެރިކަމާއެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅަމުން އަންނަކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަޤްޞަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭކަން ފާހަގަކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއްކަމުގައި ވިދާޅުވިއެވެ. މިގޮތުން، މި ދެޤައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިޙްތިރާމާއި ދެ ޤައުމުން ޙިއްޞާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދެޤައުމަށްވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަޙައްދުގެ ނުވަދިހަ ނުވަ އިންސައްތަ އަކީ ކަނޑުގެ ސަރަޙައްދުކަމާއި، ހިކިފަސް ތަންތަނުގެ ގޮތުގައި ހިމެނެނީ އެންމެ އިންސައްތައެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ކަނޑާ ގުޅިފައިވާ ކާރިސާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުމާއި، ރަށްގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައްފަދަ ގެއްލުންތަކަކީ ރާއްޖެއިންވެސް ތަޖުރިބާކުރަންޖެހޭ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާއި އަދި ނޫ އިޤްތިޞާދާކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާޢަތްތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއްގެ ވެރި ޤައުމެއް ނަމަވެސް ރާއްޖެއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރަމުން އަންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޢާންމު މުޖުތަމަޢުތަކަށާއި ތިމާވެއްޓަށްވެސް އޭގެ ފައިދާވާ ގޮތަށް ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އީޖާދީ ގޮތްތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން، މި ފޯރަމް ވެގެންދާނީ ޚިޔާލު ބަދަލުކޮށް، ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވި ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއެކު މި ސަރަޙައްދުގެ މުސްތަޤްބަލް ބައްޓަންކުރުމަށް ލިބޭ މުހިންމު ފުރުޞަތަކަށްކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

Ads by Ooredoo
  1. އައިމިސްޔޫ

    ރައީސް އިބޫގެ ވެރިކަމުގައި ޗައިނާ އެއްފަރާތް ކޮށް ކެނެރީގެ ނަޝީދު އޭނާ އަށްވުރެން ދޮށީ ވާހަކަ ދައްކައިގެން ރާއްޖޭގެ ހިލޭ ލިބެން އޮތް ބްރިޖް ކަމަށްވާ ތިލަމާލެ ބްރިޖް ކަޓުވާލާ ބަދަލުގައި އެމެންނަށް ކަޓް ލިބޭގޮތަށް އިންޑިއާ އިން ލޯން ނަގައިގެން އެމެން އަޅަން އުޅުނު ބްރިޖް އެމެން އަތަށޭ ގޮވީ ޗައިނާ އަކީ ރާއްޖެއަށް ވަރަށް ބޮޑަށް އެހީވަމުން އަންނަ ގައުމެކޭ އޯއް ޗައިނާ އައި މިސް ޔޫ މޯރ ދެން ލައިފް އައި މިސް ޔޫ މޯރ ދެން ލައިފް އޯއް އޯއް އޯއް އައި މިސްޔޫ

  2. ސޮރީސޮރީސޮރީ

    ފުށިދިއްގަރު ފަޅު ހިއްކަން މުއިއްޒުގެ ސަރުކާރުން ބަޖެޓް ގައި ޖެހި އަދަދު އެމްޑީޕީން އުނިކުރިއިރު ޕީއެންސީ ތަމްސީލް ކުރާ އެންމެ މެމްބަރަކު ވެސް މަޖްލީހުގައި ނެތޭ މަޖްލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ޕީޕީއެމް ޕީއެންސީ ހުރިހާ މެމްބަރުން މުއިއްޒު ގެންގޮސް އެމެންނަށް ވަޒީރު ކަން ދިނުން އެެއީ ސީދާ ރައްޔިތުން މަޖްލީހުގެ މެމްބަރުންނާއި ހަވާލު ކުރި ޒިންމާ އާއި ޚިލާފަށް އެމެން ސަރުކާރުގެ ފައިސާގެ ދަހިވެތިކަމުގައި ކުރިކަމެކޭ އެމްޑީޕީން ރުހުން ނުދޭނެއޭ ތަމެންނަށް މުއިއްޒު ތަ ބަލާތި ވާގޮތް ތަ ބަލަން ހުންނާތި ހުރިހާ ވަޒީރުން ނަގާ އެއްލާލާނެއޭ އެމްޑީޕީން އެމްޑީޕީ އަށް ކޮންކަމެއް ތަމެންގެ ސަރުކާރު ހިނގިއަސް އަދި ނުހިނިގިނަމަވެސް އެމްޑީޕީ އަކީ އިދިކޮޅު ސިޔާސީ ޕާރޓީ ކަމުން އެމެން ކޮންމެހެން ނުޖެހޭނެއޭ ޕީއެންސީ ސަރުކާރެއް ހިންގުމަށް ޓަކައި މުއިއްޒު ބުނާ ވަޒީރުންނަށް ރުހުން ދޭން އެއީ ސިޔާސީ ޕާރޓީ ތައް މަސައްކަތް ކުރަން ޖެހޭ ގޮތާއި ޚިލާފަށް ކުރާ ކަމަކަށޭ ވާނީ އެމްޑީޕީން ޕީޕީއެމް ޕީއެންސީ ވަޒީރުންނަށް ރުހުންދީފިނަމަ އެއީ ސިޔާސީ ގޮތުން ކުރަން ހަރާމްކަންކަމޭ އެހުންނަނީ ހުއްޖަތެއްގެ ގޮތުގައި އެމްޑީޕީ އަށް ދެއްކޭނެއޭ ރައީސް ޔާމީނަށް ހަރާމްކޯރުވި ބަޔަކު ރައްޔިތުންނަށް ވެސް ހަރާމްކޯރުވާނެ ކަމަށް ބަލައިގެން މުއިއްޒު ތަ ބަލާތިވާގޮތް ޔޫ ގޮޓާ ގޯ އެން ގެޓް އެންގްރީ އޮން އޯލް އޮފް ޔާންޓޭ އޮނެސްޓީ އައި ހޮޕް ޔޫ ޑޯން ރަން އައުޓް އޮފް ޓައިމް ކުޑް ސަމްވަން ކޯލް އަ ރެފްރީ ކޮޒް އައި ޖަސްޓް ނީޑް ޓު ނީލް ޑައުން ޔޫ އައި ޖަސްޓް ނީޑް ވަން މޯރ ޝޮކް ޓު ގިވް ސޮރީ ސޮރީ ސޮރީ ސޮރީ އޯއް އޯއް އޯއް ޔޭއް ޑާންސް ޑާންސް ޑާންސް ޑާންސް….

  3. ނެވަރލެޓްގޯ

    ޗައިނާ އާއި ރާއްޖެ އާއި ދެމެދު އޮތް ވިޔާފާރި ފުޅާ ކޮށް އަދި ޗައިނާ އާއި ރާއްޖެ އާއި ދެމެދު އިންޑިއާ އާއި އެމެރިކާ އަށް ނުހިފެހެއްޓޭ ވަރަށް އިންވެސްޓް ކުރަންވީއޭ ރާއްޖޭގެ ދިފާއީ ވުޒާރާ އަށް ނިކަން ކެރިގެން ޗައިނާ އިން ހެލިކޮޕްޓަރު ތަކާއި މަނަވަރު ތަކާއި އަދި ޖެޓް ފައިޓަރު ތައް ވެސް ޗައިނާ އިން ހިލޭ އެހީއެއްގެ ގޮތުގައި ރާއްޖެ އަށް ދީ އަދި ރާއްޖޭގެ 1000 ސިފައިން ކޮންމެ އަހަރަކު ޗައިނާއިން މަތީ ފެންވަރުގެ އަސްކަރީ ތަމްރީން ހަދަން ފުރުސަތުދޭންފވީއޭ ޑޯން ފޯލް އެ ސްލީޕް އެޓް ދަ ވީލް ވީ ގޮޓާ މިލިއަން މައިލްސް އަ ހެޑް އޮފް އަސް އަ ހެޑް އޮފް އަސް ނެވަރ ލެޓް ދިސް ޗާންސް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ ޑޯން ޔޫ ގިވް އަޕް ނާއްނާނާނާ އައި ވޮންޓް ގިވް އަޕް ނާއްނާނާނާ ނާއްނާނާނާ ނާއްނާނާނާނާ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް….

  4. ފުނޑޭނެއޭ

    އިލެކްޓްރޯނިކްސް އިންޖިނިއަރިންގް އަދި ޑޭޓާ ޕްރޮސެސިންގް ޓެކްނޮލޮޖީ ގައި އެންމެ ބޮޑަށް ދުނިޔޭގައި ކުރިއަރަމުން އަންނަ ގައުމަކީ އެއީ ޗައިނާއޭ އެގޮތުން މައިކްރޮޕްރޮސެސަރ އަދި ނެނޯ ޗިޕް އުފެއްދުމުގައި އެމެރިކާގެ އިންޓެލް ފަހަނައަޅާ ޗަައިނާ ވަނީ ގޮސްފައޭ އޭއައި ޓެކްނޮލޮޖީ ގައި މިހާރު ދުނިޔޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޗައިނާއޭ އެކަން ފެންނާނެއޭ ޗައިނާ އަށް ދިއުމުން މިހާރު ޗައިނާ އޭއައި އެތަރައްގީ ކުރާ މަގުން ތަރައްގީ ކުރާނަމަ އެމެރިކާ ފުނޑޭނެއޭ ފުނޑޭނެއޭ ފުނޑޭނެއޭ

  5. ލެޓްމީ

    މުއިއްޒު ރާއްޖޭން ބޭރަށް ކުރާ ދެވަނަ ދަތުރު ޗައިނާ އަށް ކުރާ ފުރަމާނަ ދަތުރަކަށް ހަދާށޭ ޗައިނާ ގެ އެހީގައިި ތިލަމާލެ ދެވަނަބްރިޖް އަޅަން ފެށުމާއި އަދި މާލެއާއި ފުށިދިއްގަރާއި ދެމެދު ބްރިޖް އަޅާ އެބްރިޖް އަޅާއިރު ކްރޮސްރޯޑް އަދި ތާރޖް އެގްޒޯޓިކާ ދެން ހުރި ރިސޯރޓް ތަކާއި ގުޅުވާލާ އަދި ފުށިދިއްގަރު ފަޅު ހިއްކާލާށޭ އެއް އަހަރުތެރޭ އައި ޔޫޒްޑް ޓު ބިލީވް ވީ ވާރ ބާރނިންގް އޮން ދި އެޖް އޮފް ސަމްތިންގް ބިއުޓިފުލް ސަމްތިންގް ބިއުޓިފުލް ވިދް ޗައިނާ ސެލިންގް އަ ޑްރީމް ސްމޯކް އެން މިރަރސް ކީޕް އަސް ވެއިޓިންގް އޮން އަ މިރަކުލް އޮން އަ މިރަކުލް ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ އޯއް ޗައިނާ ޑޯންޓް ޔޫ ގިވް އަޕް ނާއްނާނާނާ ނާއްނާނާނާ އައި ވޮންޓް ގިވް އަޕް ނާއްނާނާނާ ނާއްނާނާނާ ލެޓް މީ ލަވް ޗައިނާ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ޑާންްސް ޑާންސް ޑާންސް ޑާންސް….

  6. ބަލާތި

    އެމެރިކާ ކުރަމުން އަންނަ ޔުނިޕޯލަރ ދުނިޔެ ނިމުންގާތްވަނީއޭ ދެން އޮތީ ހަމައެކަނި ސައުދީން ވިއްކާ ތެޔޮ ޔޫއެސް ޑޮލަރުން ވިއްކުން ހުއްޓާލާ ޗައިނާ އަދި ރަޝިއާގެ ފައިސާ އަށް ބަދަލު ކޮށްލުމުން ވަގުތުން ޔޫއެސް އެ ބަނގުރޫޓްވީއޭ އެކަންކުރާތާ އެއް އަހަރުތެރޭ އެމެރިކާ ތެރޭގައި ދާޚިލީ ހަނގުރާމަ ފެށި އެމެރިކާގެ ސްޓޭޓްސް ތައް އެމެރިކާގެ މައި ސަރުކާރާއި ވަކިވެ މިނިވަންކަން އިއުލާން ކުރާނެއޭ މިކަން ކުރާނީ ޗައިނާ އާއި ރަޝިޔާ އިން ސައުދީ އަަށް މަދަދުވެގެންނޭ އިޒްރޭލް ހަމާސް ހަނގުރާމަ ދެން ކުޅަދާނަ އެއް ނޫނޭ ހުއްޓާލަން މިދެމިގެންދާނެއޭ އަދި ދެއަހަރު ދުވަހަށް ދެން ދެއަހަރު ދުވަސް ތެރޭގައި އެމެރިކާ ހީނުުކުރާހާ ބޮޑަށް ހަމާސް އާއި ހިޒްބު ބާރުގަދަ ވާނެއޭ ދެން ފަލަސްތީނުގައި މިހާރު އޮތް ސަރުކާރު ހަމާސް އިން ވައްޓާލާނެއޭ އެއަށް ފަހު ހުޅަނގު އައްސޭރިއާއި އެކު ހަމާސް އިން އިޒްރޭލަށް ދުވާލަކު އެތައް ހާސް ރޮކެޓް ހަމަލާ ދޭނެއޭ ދެން ހިޒްބޭ މެން ލެބަނަން ތެރޭން އިންތިހާ އަށް މިސައިލް ހަމަލާ އިޒްރޭލަށް ދެމުންދާނެއޭ ނަތީޖާ އަކީ އިޒްރޭލު ކުޑަކަކޫ މައްޗަށް ތިރިވެ އަމާން ދިނުމޭ އެއަށް ފަހު އެމެރިކާގެ އިގްތިސާދު ބަނގުރޫޓްވުން އިއުލާން ކޮށް ހަދާނެއޭ ދެން ފެންނާނީ އެމެރިކާގެ ސްޓޭޓް ތަކުގެ މެދުގައި ވަރަށް ގަދައަށް ދާޚިލީ ހަނގުރާމަ ކުރާތަނޭ އެ ހަނގުރާމަ އަށް ދާނެއޭ 5 އަހަރުދުވަސް އެހަނގުރާމައިގެ ތެރޭގައި ގިނަ ސްޓޭޓްސް ތައް މިނިވަން ކަން އިއުލާން ކޮށް މިހާރު އިނގިރޭސިން އޮތް ހާލަތަށް އެމެރިކާ ދާނެއޭ އެހާތަނުން އެމެރިކާގެ ބާރުކެނޑި އަލިފުދާލު އުވާލާ އެހެން ނަމެއްގައި އެތަން އުފައްދާ އެ ތަން ޗައިނާ އަށް ބަދަލު ކުރާނެއޭ….

  7. ވިސްނާތި

    އެމެރިކާ އާއި އިންޑިއާ އިން ބިރުގަންނަ ވަރަށް ރާއްޖެ އަށް ޗައިނާއިން އިންވެސްޓް ކުރަންވީއޭ ބޮޑަށް ހިމަނަންވީ ޗައިނާގެ ބޮޑެތި ވިޔާފާރި ތައް އައިސް މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާލާ އެފަޅުތަކުގައި އިންޑަސްޓްރިއަލް ޕާރކްސް ތައްހަދާ އެތަންތަނުން ރާއްޖޭގެ ބާޒާރަށް ބޭނުންވާ ހުރިހާއެއްޗެއް ގަންނަން ލިބޭނެގޮތް ހެދުމޭ ގަންނާނީ ދިވެހިރުފިޔާ ދީފައޭ ދެން އެރުފިޔާ ބަަދަލުވާނީ ޗައިނާ ފަައިސާ އަަށޭ ޔޫއެސްޑޮލަރަށް އޮތް ބަރޯސާވުން މިމޮޑެލް ގައި އުވާލެވޭނެއޭ މިގޮތުން ހުރިހާ ކޮމޯޑިޓީސްގެ ބާވަތް ތައް އެ ޕާރކްސް ތަކުން ގަންނަން ލިބޭނެ ގޮތް ހެދުމާއި ހުރިހާ ކޮންސްޓްރަކްޝަން މެޓީރިއަލްސް ލިބޭނެ ގޮތް ހަދާނީއޭ އެއިރުން ޑެލިވަރީ އަވަސް ވުމުން ދެން އިންޑިއާ އާއި ލަންކާ އިން ކުރަމުންދާ ވިޔާފާރި ސުމަކަށް ގެނެވޭނެއޭ ނަތީޖާ އަކީ ރާއްޖެ އަކީ ސާރކްގެ އެއްވަނަ އިގްތިސޯދަށް ބަދަލުވުމުގެ މަރުހަލާ ފެށުމޭ ދެން ޕާކިސްތާނު ބަންގާޅަށް މިތަކެތި އެކްސްޕޯރޓް ކުރަން ފަށާނީ އެއިރުން އިންޑިއާގެ އިގްތިސޯދު ވަރަށް އަަވަހަށް އަޑިއަޅާލާނެއޭ…

  8. ވިސްނާތި

    ވިޔާފާރީގެ އިލްމް ބުނެދޭ އެއްޗެއް ނޫނޭ އެއީ އާންމު އެއް ފައިސާ ނޫޓް ހުރެމެ އެއީ މުޅި ދުނިޔެ ވިޔާފާރި ކުރަން ގެންގުޅޭ ނޫޓަކަށް ހެދުން ދުނިޔެ ފެށުނު އިރު ވިޔާފާރި ކުރަނީ ފައިސާ ނުލާ މުދާ އެހެން މުދަލަކަށް ބަދަލުކުރަނީއޭ މީ ދުނިޔޭގައި އިންސާނުން އާބާދުވާން ފެށިއިރު ބޭނުންކުރި ތިއަރީއަކީ މިތިއަރީ ގެންގުޅޭ ނަމަ ވިޔާފާރިކުރާ ދެގައުމު އެކުއެކީގައި ކުރިއަރައިގެންދާނެއޭ މިކަން ކުރެވޭނީ ޔޫއެސްޑޮލަރުން މުދާ ގަތުން ހުއްޓާލެވިގެންނޭ އެކަން ކުރެވޭނީ ޗައިނާއެކު އެއްބަސްވުންތައް އަވަހަށް ހެދި އަމަލުކުރެވިގެންނޭ