ރާއްޖޭގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފި
ވިޔަފާރީގެ ދާއިރާއިން އިންވެސްޓްމެންޓް އިތުރުކުރުމާއެކު، ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުއްވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރު ސައީދު ވިދާޅުވީ ވިޔަފާރިއާއި ފަތުރުވެރިން އިތުރުކުރުމުގައި އިތުރު ފްލައިޓްތަކާއި، އިންވެސްޓްމެންޓާއި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ކުރިއަށްގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި މިއާއެކު ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެއް ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ، ސީ.އައި.ޑީ.ސީ.އޭއިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެވަޑައިގަތުމަށް ވަޒީރު ސައީދު މިވަގުތު ހުންނެނީ ޗައިނާގައެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެތެރެއިން ދެ ބޭފުޅުން ގެންދަވަނީ ތަފާތު އެކި ދާއިރާތަކުން ޗައިނާ އާއި ރާއްޖެއާއި ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރުމަށްޓަކައި ބައްދަލުވުންތައް ބާއްވަވަމުންނެވެ.
މުއިއްޒު ރާއްޖޭން ބޭރަށް ކުރާ ދެވަނަ ދަތުރު ޗައިނާ އަށް ކުރާ ފުރަމާނަ ދަތުރަކަށް ހަދާށޭ ޗައިނާ ގެ އެހީގައިި ތިލަމާލެ ދެވަނަބްރިޖް އަޅަން ފެށުމާއި އަދި މާލެއާއި ފުށިދިއްގަރާއި ދެމެދު ބްރިޖް އަޅާ އެބްރިޖް އަޅާއިރު ކްރޮސްރޯޑް އަދި ތާރޖް އެގްޒޯޓިކާ ދެން ހުރި ރިސޯރޓް ތަކާއި ގުޅުވާލާ އަދި ފުށިދިއްގަރު ފަޅު ހިއްކާލާށޭ އެއް އަހަރުތެރޭ އައި ޔޫޒްޑް ޓު ބިލީވް ވީ ވާރ ބާރނިންގް އޮން ދި އެޖް އޮފް ސަމްތިންގް ބިއުޓިފުލް ސަމްތިންގް ބިއުޓިފުލް ވިދް ޗައިނާ ސެލިންގް އަ ޑްރީމް ސްމޯކް އެން މިރަރސް ކީޕް އަސް ވެއިޓިންގް އޮން އަ މިރަކުލް އޮން އަ މިރަކުލް ނެވަރ ލެޓް އިޓް ގޯ ނެވަރ ލެޓް އިޓް ގޯ އޯއް ޗައިނާ ޑޯންޓް ޔޫ ގިވް އަޕް ނާއްނާނާނާ ނާއްނާނާނާ އައި ވޮންޓް ގިވް އަޕް ނާއްނާނާނާ ނާއްނާނާނާ ލެޓް މީ ލަވް ޗައިނާ ލެޓް މީ ލަވް ޔޫ ލެޓް މީ ލަވް ޔޫ ޑާންްސް ޑާންސް ޑާންސް ޑާންސް….
ވިޔާފާރީގެ އިލްމް ބުނެދޭ އެއްޗެއް ނޫނޭ އެއީ އާންމު އެއް ފައިސާ ނޫޓް ހުރެމެ އެއީ މުޅި ދުނިޔެ ވިޔާފާރި ކުރަން ގެންގުޅޭ ނޫޓަކަށް ހެދުން ދުނިޔެ ފެށުނު އިރު ވިޔާފާރި ކުރަނީ ފައިސާ ނުލާ މުދާ އެހެން މުދަލަކަށް ބަދަލުކުރަނީއޭ މީ ދުނިޔޭގައި އިންސާނުން އާބާދުވާން ފެށިއިރު ބޭނުންކުރި ތިއަރީއަކީ މިތިއަރީ ގެންގުޅޭ ނަމަ ވިޔާފާރިކުރާ ދެގައުމު އެކުއެކީގައި ކުރިއަރައިގެންދާނެއޭ މިކަން ކުރެވޭނީ ޔޫއެސްޑޮލަރުން މުދާ ގަތުން ހުއްޓާލެވިގެންނޭ އެކަން ކުރެވޭނީ ޗައިނާއެކު އެއްބަސްވުންތައް އަވަހަށް ހެދި އަމަލުކުރެވިގެންނޭ