ޚަބަރު ސަރުކާރު ސިޔާސީ

ބީލަންތައް ބަލާ ދިރާސާކުރާ ޓެންޑަރ ބޯޑު އަލުން އެކުލަވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ހުށަހަޅާ ބީލަންތައް ބަލައި ދިރާސާކޮށް ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރާ ނެޝަނަލް ޓެންޑް ބޯޑް އަލުން އެކުލަވާލައިފިއެވެ.

Ads by Hajj Corporation

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އެކުލަވާލި ޓެންޑާ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު އެވެ.

ޓެންޑާ ބޯޑުގައި މިހާރު ތިއްބަވާ މެންބަރުންނަކީ:

  1. ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު - ޗެއާމަން
  2. އަބްދުﷲ އިމްރާން - ވައިސް ޗެއާމަން
  3. މުންތާޒު އަބްދުއްރަހީމް - މެންބަރު
  4. އާދަމް ބަދުރުﷲ - މެންބަރު
  5. މުހައްމަދު ޝަނޫން ފުއާދު - މެންބަރު
  6. ފާތުމަތު މުހައްމަދު ދީދީ - މެންބަރު
  7. އަލްއުސްތާޒު އައިމިނަތު ޒީނިޔާ - މެންބަރު

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޓެންޑާ ބޯޑުން އިވެލުއޭޓު ކުރާނީ ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި މަޝްރޫޢުތަކެވެ.

ޓެންޑާ ބޯޑަށް މެމްބަރުން އައްޔަނު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!