ޚަބަރު

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިިންތިހާބު މިއަދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެތެރޭގެ އިންތިހާބު މިއަދު ބާއްވަން ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

އިންތިހާބު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 2:00 ގައެވެ. މި އިންތިހާބުގައި ޕާޓީގެ 11 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރާނެއެވެ.

އެ އިންތިޚާބުގައި ވޯޓުލާނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންނެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާއި، އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ރަނިންމޭޓެއްގެ ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ. އަމީން އިބްރާހީމާއި، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝަހުގެ އިތުރުން އެޕާޓީގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަޢުދެވެ.

ޖޭޕީގެ ނައިބު ލީޑަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް ކުރިމަތިލެއްވީ، ޓުރިޒަމް މިނިސްޓަރުގެ ކުރީގެ ނައިބު އަސްޢަދު ރިޒާއާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން ޢަލީ ޞާލިޙްގެ އިތުރުން އެޕާޓީގެ ކައުންސިލް މެންބަރު މުޙައްމަދު ސަޢީދެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!