ޚަބަރު އިޖުތިމާޢީ

ޖިންސީ ގޯނާގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި ޔުނާން ދޫކޮށްލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބަންދު ކޮށްފައި ހުރި ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައިފިއެވެ.

Ads by STELCO

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، އެ ދެމީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

 މި މައްސަލައިގެ ބަންދުގައި ހުރި ޔުނާން ޝަރުތުތަކަކާއެކު ބަންދުން ދޫކުރަން ހުޅުމާލޭ ކޯޓުން އަންގާފައި ވަނީ މިއަދުއެވެ.

އެގޮތުން ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދިއުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުން ފަދަ ޝަރުތުތަކެއް، ކުރުމަށްފަހު އޭނާ ދޫކޮށްލަން ކޯޓުން މިއަދު ނިންމިއިރު އެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގައި ބަންދުކޮށްފައި ހުރި ޔުނާންގެ އަންހެނުން ރިހުލާ މި މައްސަލައިގައި ބަންދު ކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ދައުލަތުން ކުރާއިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!