ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ އަންނަ މަހު 20އަށް ފަސްކޮށްފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް ޕީޕީއެމުން ޢިއުލާންކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް މީގެކުރިން ހަމަޖައްސާފައި އޮތީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ކޯލިޝަނުން ނެރުނު ޢިއުލާނެއްގައި ބުނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެކޯލިޝަންގެ ފަރާތުން ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ތާރީޚު ފަސްކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިހާރު ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 20 ވާ ހޮނިހިރު ދުވަހުކަމަށް އެ ކޯލިޝަނުން ބުނެއެވެ.
ޕީޕީއެމުން ބުނީ މިގޮތަށް ނިންމީ ކުރިން ހަމަޖައްސާފައިވާ ތާރީޚަކީ ސްކޫލް ބަންދު ދުވަސްވަރެއްކަމުގައިވެފައި ގިނަ ޢަދަދެއްގެ ރައްޔިތުން އެކި ސަބަބުތަކަށްޓަކައި ޤައުމުން ބޭރަށް ދަތުރުކުރާނެތީކަމަށެވެ. އަދި ޕްރައިމަރީ ބާއްވާ ތާރީޚު ފަސްކޮށްދިނުމަށް ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކާއި ކޯލިޝަންގެ ޢާއްމު މެމްބަރުންވެސް އެދިފައިވާކަމަށް އިއުލާންގައިވެއެވެ.
އެހެންކަމުން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޢާއްމުކުރާނެކަމަށާއި އަދި ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވަގުތުވެސް ޢާއްމުކޮށް ޢިއުލާންކުރާނެކަމަށް ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ބައިވެރިވުމަށް ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން 354 ފޯމުވަނީ ހުށައަޅާފައެވެ. އަދި 10 ދާއިރާއަކަށް އެންމެ މީހަކު ކުރިމަތިލާފައިވާތީ އެފަރާތްތަކަށް ޕާޓީގެ ޓިކެޓު ވަނީ ޕްރައިމަރީއަކާއި ނުލައި ލިބިފައެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މުއިއްޒު އިސްތިއުފާ ސަރުކާރު އިސްތިއުފާ މުއިއްޒު އެއީ މުނާފިގެކޭ އަވަސް އިންތިޚާބެއް ބާއްވާށޭ މުއިއްޒު އަޒުލް ކުރުމުގެ ކުރިން މުއިއްޒު ރައީސް ޔާމީން އަފްއާމް އެއްގެ ދަށުން ދޫކުރާށޭ އެނޫންނަމަ އަނބުރާ އެމްޑީޕީ ވެރިކަމަށް އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ
އެމްޑީޕީގެ ވޯޓުން މިފަހަރު މުއިއްޒު އާއި ސެންބެ އަޒުލް ކުރާނެއޭ ކެނެރީގެ ނަޝީދު ސިޔާސީ ދާއިރާ ދޫކޮށް ދިޔާ ކަމަށް އަޑުފެތުރީ މިކަން ކުރާށޭ މިކަން ދަނެގެން މުއިއްޒު އަވަހަށް އަފްއާމްގެ ދަށުން ރައީސް ޔާމީން ދޫކޮށްލާ އަދުރޭ ސަރުކާރުގެ ތެރޭން ވަކިކޮށް ހަދާ ޕީއެންއެފް އާއި ޕީއެންސީ ކޯލިޝަން ހަދާ ޕީޕީއެމް ރައީސް ޔާމީނާއި ހަވާލު ކޮށް ހަދާ ޕީއެންސީ އަށް ޕީޕީއެމްގެ މެމްބަރުން ވަގަށް ގެންދިއުން ހުއްޓާލާ ރައީސް ޔާމީނަށް ޚާރިޖީ ވަޒީރު ކަންދީ އަލުން ސަފު ރުކުރުވާލާ މުއިއްޒު ވެރިކަމުގައި ތާ އަބަދަށް ހުންނަން ނޫޅެ އަަވަހަށް ވަގުތު އޮތްވާ ހުޅުވިފައިވާ ސިކުނޑި އަކުން ވިސްނާށޭ ޕީޕީއެމް ޕީއެންސީ އަށް މަޖްލީހުގެ ގޮނޑި ތައް ނުލިބޭނެއޭ އެންމެ ތިން ގޮނޑި ވެސް ނުލިބޭނެއޭ އެއީ ޔަގީން ކަމެކޭ ބޮޑު އޮޅުމެއްގެ ތެރޭގައޭ މުއިއްޒު ތިޔާ އުޅެނީ އަދުރޭ މެންނަށް ސިޔާސީ ދާއިރާ ނޭގޭނެއޭ ރައީސް ޔާމީނާއި ސަރުކާރު ގުޅި ރައީސް ޔާމީނަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ކަން ދީ އަދި އަލުން ކެބިނެޓް ވެސް އޯވަރހޯލް ކުރަންވީއޭ ޕީޕީއެމް ޕީއެންސީ ގައި މަސައްކަތް ނުކުރާ ހުރިހާ ވަޒީރުން ވަކިކުރާށޭ އެނޫންނަމަ މުއިއްޒުގެ ވެރިކަން މަޖްލީސް ތެރޭން ވައްޓާލާނެއޭ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އެއިރުން ދެން ކެނެރީގެ ނަޝީދު ދިމާކުރާނީ ދެން ބާއްވާ އަވަސް އިންތިޚާބެއްގައި މިކަން މުއިއްޒު ދަންނާށޭ ޕާކިސްތާނު ދިޔަމަގުންނޭ މިހާރު މިގައުމު މިދަނީ…
ބުޅާ އެކަނި ނޫނޭ މާލޭގެ މަގުމަތިން ހުސްކުރަންވީ މާލޭގެ މަޖީދީމަގު ދުވާރަކީ އެއީ ބުޅާ އޮންނަ ގޮތަށް ދުވާރުގައި އަރި ހުރައަށް އޮށޯވެގެން ޕާރޓޭން ސަލާމް ޖަހަން ހުރި ތަނެއް ނޫނޭ އަދި މާލޭގެ ފައިސާ ނަގާ މެޝިންގްސް ތަކަކީ އެއީ ހަމަ ބުޅާ އޮންނަ ގޮތަށް އެ މެޝިން ހުންނަ ތަނުގެ ދޮރާށި ކުރިމަތީގައި ސަލާމް ޖަހަން ޕާރޓޭން ތިބެން ޖެހޭނެ ތަނެއް ނޫނޭ އަދި އިސްލާމީ މަރުކަޒުން މީހުން ނަމާދުން ފައިބާ އިރަށް ސަލާމް ޖަހަން ޕާރޓޭން ތިބެގެން ނުވާނެއޭ މިކަން ކަން އާޒިމް ހައްލު ކުރާނީ ކިހިނެއްތޭ މުއިއްޒު ވެރިކަމުގައި ހުރި އިރު އެރުނޑި ކާޅަށް މިއިން އެއްވެސް ކަމެއް ހައްލު ނުކުރެވުނޭ އެރުނޑި ކާޅު ވެރިކަމުގައި މި ފަދަ ކަންކަން ހައްލު ވާނެ ކަމަށް ހީކުރުމަކީ އެއީ ހުޅަނގު ފަރާތުން އިރު އެރުން ފަދަ ކަންކަމޭދޯ…