ކުޅިވަރު

އެސްޓީއޯގެ ހައުސްތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތް ނިންމާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެސްޓީއޯގެ ހައުސްތަކުގެ މެދުގައި ބޭއްވި އަޒްމީ މެމޯރިއަލް އިންޓަހައުސް ފުޓްސަލް މުބާރާތް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.

Ads by MWSC

މުބާރާތުގެ ވަނަތަކަށް އައި ޓީމްތަކަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމްްއެވެ.

މީގެ އިތުރުން މުބާރާތުގައި އެކި ގޮތްގޮތުން އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންނަށް މެޑަލްއާއި ޓްރޮފީ އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ޖެނެރަލް މެނޭޖަރުންނެވެ. އެކި ގައުމުތަކުގެ މަސައްކަތްތެރިންގެ 6 ޓީމް، އަންހެން 6 ޓީމް، އުމުރުން 37 އަހަރުން މަތީގެ ކުޅުން ތެރިންގެ 6 ޓީމް އަދި އުމުރުން 37 އަހަރުން ދަށުގެ ކުޅުންތެރިންގެ 12 ޓީމާއެކު ޖުމްލަ 30 ޓީމް މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.

ޑިސެމްބަރު މަހުގެ 8 ން ފެށިގެން ރޭގެ ނިޔަލަށް މި މުބާރާތުގެ ކުޅުން ކުރިޔަށް ގެންގޮސްފައިވަނީ ޕީކޭ ޓަރފް ދަނަޑުގައެވެ.

އަޒްމީ މެމޯރިއަލް އިންޓަހައުސް ފުޓްސަލް މުބާރާތަކީ އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ ޗެއަރމަން އަދި އައިސީޓީ ޑިޕާޓްމަންޓްގެ ވެރިޔާގެ މަޤާމްގައި ހުންނެވި މުސްތަފާ އަޒްމީގެ ހަނދާނުގައި ބާއްވަމުންދާ ފުޓްސަލް މުބާރާތެކެވެ.

އަޒްމީ އަވަހާރަވީ މާފަންނުގައި ހުންނަަ މުހައްމަދު ޖަމީލް ދީދީ މިސްކިތުގައި ލަކުޑީގެ ފަރުމާކުރުންތަކެެއްގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ވެއްޓިވަަޑައިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދަވަނިކޮށް 2019 އޭޕްރިލް 26 ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!