ޚަބަރު

ރޯދަ މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު މައުލޫމާތު ދެއްވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް, ރޯދަ މަހުގެ ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ.

Ads by MWSC

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިޔަށް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"އިސްލާމީ އުސޫލުތައް ޤާއިމް ކުރުމާއި, ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި, ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ރޯދަ މަހު ފަހު ދިހައަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަނީ ނިންމާފައި." ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ރޯދަ މަހުގެ ފަހު ދިހަ ބަންދު ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުފުޅު ވެވަޑައިގެންފައިވަނީ 30 އޯގަސްޓްމަހު ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައެވެ.

ތަފްސީލް އަންނަނީ..

  1. ގެދޮރުވެރިޔާ

    ކޮންމެ ގޮތެއްވިޔަސް 24 ގަޑިއިރު މަސައްކަތްކުރާ ތަންތަން ބަންދެއް ނުކުރެވޭނެ. މިސާލަކަށް އެއަރޕޯރޓް، ހޮސްޕިޓަލްތައް ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ ތަންތަން. އެހެންވީމާ މި ތަންތާގައި ވަޒީފާ އަދާކުރާ ފަރާތްތައް މިކަން ހަނދާން ބަހައްޓަންވާނެ. އެކަމަކު އެ ފަރާތްތަކަށް ބަންދު ދުވަސްތަކުގައި މަސައްކަތްކުރީމައި ދޭންޖެހޭ ޢިނާޔަތް ދިނުމަކީ ވަރަށް މުހިއްމު ކަމެއް. މި ދެންނެވީ ކަލަންޑަރުގައި ބަންދު ދުވަސްތަކެއްގޮތަށް ކަނޑައަޅާފައިވާ ދުވަސްދުވަހު ނޫނީ އާ އޮނިގަނޑަށް ފެތޭ ފަރާތްތަކަށް ބަންދު ދުވަހު މަސައްކަތްކުރީމާ ދޭން ޖެހޭ ޢިނާޔަތް ނުދޭތީ އެކަން އެ ގޮތަށް ވެއްޖީޔާ އެއީ އެ ބޭފުޅުންނަށް ވަރަށް ބޮޑު ގެއްލުމެކޭ. ބަންދު ނުލިބި ފައިސާ ނުލިބި.

  2. ޢަހަރުން 8ގަޑިން 8ގަޑިން ޑިއުޓަި ކޫރާމީހުން އަށް އުފަލެއް ނެތް 8 ކުން 2 ކަށް ގޮންޑި ހައްލާ މީހުން އަށް ފަސޭހަ ކޮށްފަ ތިޔަ އޮތީ.