ޚަބަރު ސިޔާސީ

ދިވެހީން ދާނީ ރައީީސް މުޢިއްޒުއާއިއެކު ކުރިއަށް: ޢަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފަސް އެނބުރި ބެލުމެއް ނެތި، ދިވެހީން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއިއެކުގައި ކުރިއަށް ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، "ރަސްމާލެ" ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމާއި ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވީ ދިވެހީންގެ ރާއްޖޭގެ ޢިއްޒަތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައި ދެއްވި ރަސްމާލެ މަޝްރޫޢުއަކީ މިހައިތަނަށް ދިވެހީންގެ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މަޝްރޫޢު ނިމިގެންދާއިރު، ދިވެހީންގެ ރާއްޖެއިން ފެނިގެންދާނީ އަމާން ރައްކާތެރި ހިތްފަސޭހަ ހުރިހައި ގޮތަކުން ފައްކާވެފައިވާ ފުރިހަމަ ރަސްމާލެއެއް."

އޭނާ ވިދާޅުވި ގޮތުގައި ވަޢުދު ފުއްދެވުމުގައި، ރައީީސް މުޢިއްޒަ ދައްކަވަނީ ތެދުވެރިކަމާ އިޚްލާޞްތެރިކަން ކަމުގައެވެ.

"ޤާބިލުކަމާ ހުޝިޔާރުކަން. ފަސް އެނބުރި ބެލުމެއްނެތި ދިވެހީންދާނީ މަނިކުފާނާއެކު ކުރިއަށް. މާތް اللہ މަނިކުފާނުގެ ޒަޢާމަތުގައި ބަރަކާތް ލައްވައި ގިނަގުނަ ކާމިޔާބީ މިންވަރު ކުރައްވާށި. އާމީން!" އޭނާ އިތުރަށް ވިދާޅުވިއެވެ.

ރަސްމާލޭގައި 65،000 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވާއިރު، އެ ސިޓީ ބިނާ ކުރާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު 08 މަސް ދުވަސް ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

 

ަ

  1. އިބްރާހިމް ފަޒީލް

    އެއީ ޓިނުކޮޅު ސަލާމައަވީމަތޯ

  2. މުނާފިގެކޭ

    އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ އަދުރޭ އިސްތިއުފާ މުއިއްޒު އިސްތިއުފާ އަދުރޭ އެއީ މުނާފިގެކޭ މުއިއްޒު އެއީ މުނާފިގެކޭ