ޚަބަރު ސިޔާސީ

މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރަން ނިންމައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި ސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަަރުކާރަކީ މަރުގެ ޙުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރުގެ ސަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ހަމަ ނިންމާފައި އޮތް ސަރުކާރެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިން ކަމަށެވެ.

އެންމެ ފަހުން ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒު ކޮށްފައި ވަނީ، 953 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގައެވެ.

ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމިއެވެ. ނަމަވެސް މިހައިތަނަށް ތަންފީޒެއް ނުކުރެއެވެ.

Ads by HDC
  1. ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ދިވެހިރާއްޖޭގެ ޤާނޫނުގެ މަސްދަރަކީ ކީރިތި ޤުރުއާނާއި މާނަބިއްޔާގެ ސުއްނަތް އެހެންވީމާ ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުވާންޖެހޭނެ !