ޚަބަރު

ކުޅުދުއްފުށީ ސިޓީން ފައިލޭރިއާއަށް ފައްސިވި މީހުންގެ އަދަދު 25 އަށް އަރައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުޅުދުއްފުށީ ސިޓީން ފައިލޭރިއާއަށް ފައްސިވި މީހުންގެ އަދަދު 25 އަރާފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

Ads by MWSC

މިކަން ހާމަކޮށް އެޗްޕީއޭ އިން މިއަދު ބުނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ފައްސިވެފައި ވާތީ މި މަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިން އިން ޖުމްލަ 25 ބިދޭސީއަކު ފައްސިވެފައިވާ ކަމަށެވެ.

ހަމަ އެހެންމެ ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނައްސި ވެފައި ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައި ވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައިވާއިރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި އެންމެންވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް އިލްތިމާސްކޮށްފައެވެ.

ފައިލޭރިޔާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ.

  1. ދޮށީބޭ

    ދިވެހިއެންމެހާ ރައްޔިތުންގެ ޞިއްޙީދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކާ އަދި ކުޅުދުއްފުށީ ލޮބުވެތި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ[ބަލިކޮންޓްރޯލްކުރެވެންދެން]އެރަށް ކަރަންޓީނުކޮށްލުމަކީ މުހިއްމުކަމެއްކަމުގަ އަޅުގަނޑު ދެކެން.