ދީން

ކުޑަކުދިންގެ ބަދުނަސީބު ސަފްހާތަކުގެ ތެރޭގައި ދެމަފިރިންގެ ދެބަސްވުންތައް ހިމެނޭ: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޑަކުދިންގެ ބަދުނަސީބު ސަފްހާތަކުގެ ތެރޭގައި ދެމަފިރިންގެ ދެބަސްވުންތައް ހިމެނޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by Sosun Fihaara

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން" މިއެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަކީ ރަހުމަތުގެ ދީން ކަމަށާއި މުޖްތަމަޢުން ކުޑަކުދިންނަށް ގޯނާކޮށް, އެކުދިންނަށް ލިބެންޖެހޭ ހައްގުތަކަށް ހުރަސް އަޅާ މީހުން މަދުން ނަމަވެސް މި މުޖްތަމަޢު ތެރެއިން ފެންނަ ކަމަށެވެ. ގޭގައި އޭނާގެ ބައްޕަ ނުވަތަނަ މަންމަގެ އިންތިޒާރުގައި ހުންނަ ކުޑަކުއްޖާ ބޭނުންވާނީއެ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ގެއަށް އައިސް އޭނާ އުރާލުމަށް ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ ބަދަލުގައި އެ ކުއްޖާއަށް އަޑުލައި, ހާނީއްކަކޮށް އުޅޭ ބައްޕައަށް ނުވަތަ މަންމައަށް އިޙްތިރާމް ނުކުރާނެ ކަމަށާއި ރުޅިވެރިކަމާއި ނަފްރަތުގެ ވެއްޓެއްގެ ތެރޭފައު ކުދީން ބޮޑެތިވާނީ އިންސާނިއްޔަތު ކަމެއް ނެތި ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އުފަން ދަރީންގެ އިތުރުން ޅީދަރިންނާއި, ދަނބިދަރިންނާއި ދޮން ދަރިންނަކީ ވެސް ހަމަ ދަރިން ކަމަށާއި ެރ ކުދިން ކުރާ ކުށްތައް ރަނގަޅުކޮށްދޭން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. އެ ކަންތައް ކުރަންވާނީ ބިނާކުރުވަނިވި އަދަބުވެރި ގޮތަށް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!