މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ވެސް ކަރަންޓު ކެނޑޭނެ
 
                                                    މިއަދު ވެސް ވެރިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ކަރަންޓު ކެނޑޭނީ، ސްޓެލްކޯއިން ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާތީ އެވެ.
ސްޓެލްކޯ އިން ބުނީ މި މަސައްކަތަށް މައްޗަންގޮޅީގެ ޖަވާހިރު މަގު، މުއިވެޔޮ މަގު، ކޯރުކެނޑި މަގު އަދި އަސަރީ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 17:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި، އެ ކުންފުނިން މަޢާފަށް އެދެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.
 
Ads by Ooredoo
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
