ސަރުކާރު ޚަރަދުުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަމަޖެހިފައިވާ އިތުރު ދެ ކުއްޖަކު ޖެނުއަރީ މަހު ފުރުވާލުމަށް ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ބުނީ 01 ޖެނުއަރީ 2024 ގައި ބޯންމެރޯ ޓްރާސްޕްލާންޓް ހަދަން ރާއްޖެއިން ބޭރަށް އިތުރު ދެ ކުދިން ފުރަން ހަމަޖެހިފައިވާ ކަމަށާއި އެ ކުދިންގެ އާއިލާއާ ހެލްތު މިނިސްޓަރ ޑރ. އަބުދުﷲ ޚަލީލް މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޚަލީލް ވަނީ އެ އެ ދެކުދިންގެ އާއިލާއަށް ހިތްވަރު ދެއްވާ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި 14 ޑިސެމްބަރު 2023 ގައި ވެސް ވަނީ ސަރުކާރުގެ ޚަރަދުގައި ވަނީ ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.