ޚަބަރު

ޓީ-ބިލް ވިއްކަން ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް 2.9 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 27 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި 103 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 165 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.

މީގެ އިތުރުން 181 ދުވަހުން އަނބުރާ ދެއްކުމަށް 119 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 363 ދުވަހުން އަނބުރާ ދެއްކުމަށް 829.9 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވެސް ވިއްކަން ވަނީ އިއުލާނުކޮށްފައެވެ.

އާންމުގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!