ޚަބަރު

ތޮއްޖެއްސުމުގެ ސިޔާސަތު މިވަނީ ބޮޑުތަނުން ފެއިލް ވެފައި: އަލީ ހުސައިން

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ތޮއްޖެއްސުމުގެ ސިޔާސަތު މިވަނީ ބޮޑުތަނުން ފެއިލް ވެފައިވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތޮއްޖެއްސުމުގެ ސިޔާސަތު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށާއި މާލެ ސަރަހައްދަށް އިތުރަށް މީހުން ޖަމާ ކުރުވާނެ ހުރިހާ ޕްރޮޖެކްޓުތަކެއް އެހެން ސަރަހައްދުތަކަށް ޑައިވާޓު ކޮށްގެން ނޫނީ ހާލަތު ބަދަލު ނުކުރެވޭނެ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލޭގެ ރަށްވެހިންގެ ތެރެއިން ގޯއްޗެއް ނެތި 5،122 އާއިލާ އެބަ ތިބި ކަމަށާއި އެފަދަ މީހުންނަށް ދިރިއުޅޭނެ ވަކި ތަނެއް ނެތްއިރު މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި މާލެ ރަށްވެހިންނަށް އިސްކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިހާރު ހިނގަމުންދާ ހައުސިންގް ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ ހިޔާ ފްލެޓްގެ 6720 ހައުސިންގް ޔުނިޓާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުން 3848 ހައުސިންގް ޔުނިޓާއި ސީއެމްއީސީގެ 1344 ހައުސިންގް ޔުނިޓްގެ އިތުރުން އަމިއްލަ ފަރާތްތަކުން އަޅާ ނިމި އަދި އަޅަމުންދާ 2375 ހައުސިންގް ޔުނިޓެކެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!