އެމްޑީ ފަހްމީގެ ވައުދާ އެއްގޮތަށް މާވެޔޮ މަގުގައި ހުރި ޓްރާންފޯމަރު ނަގައިފި
ސްޓެލްކޯގެ މޭނޭޖިންގް ޑިރެކްޓަރ ކަމާއި ދާދި މިދިޔަ މަހު ހަވާލުވި، ހުސެއިން ފަހުމީ އެންމެ ފުރަތަމަ ވީ ވަޢުދާއި އެއްގޮތަށް މާވެޔޮ މިސްކިތް ކައިރީ ހުރި އެކުންފުނީގެ ޓްރާންސްފޯމަރ ނަގައިފިއެވެ.
މިދިޔަ ނޮވެމްބަރު މަހު 28 ވަނަ ދުވަހު މަޤާމާއި ހަވާލު ފުރަތަމަވެސް ފަހުމީ ވަޑައިގެންނެވީ މާވެޔޮ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރާއި ދިމާލަށެވެ. އަދި ރައްޔިތުންނަށް އުނދަގޫ ވާނެހެން ބަހައްޓާފައި ހުރި މި ޓްރާންސްފޯމަރު މިއަހަރު ނިމުމުގެ ކުރިން ނަންގަވާ މަގު އެއްކޮށް ބޭނުން ކުރެވޭގޮތް ހައްދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިމަސައްކަތް ނިމުގާއި ގުޅޭގޮތުން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ދެއްވި އިރުޝާދާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށްވާނެހެން ހުރި ޓްރާންސްފޯމަރު ނަގާފައިވާ ކަމަށެވެ.
" (ރައީސް) ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު، ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މިވަނީ މަގުމަތިން ނަގާފައި. މާތްﷲގެ އިރާދަފުޅާއެކު، އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ. " ފަހުމީ ވިދާޅުވިއެވެ.
އޭނާ ވަނީ ދިވެހިންގެ ރާއްޖޭގައި ކަންކަން ހިންގަމުންދަނީ ދިވެހިންގެ އެދޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.
ސްޓެލްކޯ ހިންގުމާއި ހަވާލުވި ފަހުމީއަކީ އެކުންފުނީގެ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން މިހާރު ސްޓެލްކޯއިން ކުރަމުންދާ އެހެން މަސައްކަތްތަކުގެ ތެރޭގައި ސްޓެލްކޯގެ ޖެނެރޭޓަރުތަކެއް ބަހައްޓަން ވަރަށް ކުރިން ބަނދުކޮށްފައިވ ދޮން އަދަރާދަ މަގު ރޯދައިގެ ކުރިއަށް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.