ޚަބަރު

ފްރަންޓްލައިން މުވައްޒަފުންނަށް އެކޮމަޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މަސައްކަތްކުރާ ފްރަންޓްލައިން މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

Ads by Hajj Corporation

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރ ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (ދަރުބާރުގެ، އަމީނީމަގު) ގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި އިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންކަމުގައިވާނަމަ 13 ސެޕްޓެމްބަރ ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ކުރިން [email protected] އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. އަދި ރެޖިސްޓަރ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅެނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!